އިންޑިއާގެ ޖީއެމްއާރު އަތުން ވެލާނާ އެއަރޕޯޓު އަތުލުމަކީ ރާއްޖޭގެ އިޤްތިޞާދަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ގެއްލުމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ފާހަގަ ކުރައްވައިފިއެވެ.
އިންޑިއާގެ ޖީއެމްއާރް ކުންފުންޏަށް ދިވެހިންގެ އެއާޕޯޓު ދިގު މުއްދަތަކަށް ދިނުމަށް ނިންމީ އެމްޑީޕީގެ އެންމެ ފުރަތަމަ ވެރިކަމުގައި 2010 ވަނަ އަހުރެވެ. އެކަމާއި ގުޅިގެން އޭރުގެ އިދިކޮޅު ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރައްވާފައެވެ. އަދި ވެރިކަން ބަދަލުވެ، ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންމަނިކު ވެރިކަމާއި ހަވާލުވުމަށް ފަހުގައި ވަނީ އެ އެއާޕޯޓު ޖީއެމްއާރަށް ދިނުމަށް ވެފައިވާ އެއްބަސްވުން އުވާލައްވާފައެވެ.
އޭރުގެ ސަރުކާރުން ޖީއެމްއާރާއި އެކުގައި ފައްޓަވާފައިވަނީ ވަރަށް ބޭނުންތެރި މަޝްރޫއެއް ކަމަށާއި އެއްބަސްވުން އުވާލުމުގެ ސަބަބުން ފޫނުބެއްދޭ ވަރުގެ ގެއްލުން ވެފައިވާކަމަށް އިއްޔެގެ ޕްރެސްގައި ރައީސް ވިދާޅުވިއެވެ. އެއްބަސްވުމާއެކު ކުރިއަށް ދިޔަނަމަ 2014 ވަނަ އަހަރު އެއަރޕޯޓް މަޝްރޫއު އޮންނާނީ ނިމިފައިކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް 7 އަހަރު ވެގެން ދިޔަ އިރުވެސް އެމަސައްކަތް ދަނީ އަދިވެސް ކުރަމުންކަން ރައީސް ފާހަގަކުރެއްވިއެވެ.
ޖީއެމްއާރާއެކު ކޮށްފައި އޮތް ތަރައްގީގެ މަޝްރޫއަކީ ވަރަށް ބޭނުންތެރި މަޝްރޫއެއް. އެކަން ހުއްޓާލި ހުއްޓާލުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ނޭދެވޭ ބޮޑު އަސަރުތަކެއް ކޮށްފައިވޭ. 2015 ވަަނަ އަހަރު އެހެން ނޫންނަމަ އެތާ އޮންނާނީ ހަތް މިލިއަން ޓޫރިސްޓުންނަށް އާދެވޭނެ ވަރުގެ އެއާޕޯޓެއް ތަރައްގީ ކުރެވެން ފަށާފައި. ރާއްޖެއަށް މިއަދު އެހެން ނޫންނަމަ ތިން މިލިއަން ޓޫރިސްޓުން އަހަރަކު އަންނާނެ. މާނައަކީ ދައުލަތަށް ލިބޭ އާމްދަނީ އަހަރަކު 35 ބިލިއަނަށް އިތުރުވީސް.
– ރައީސް ވިދާޅުވިއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޖީމްއެއާރުއާއެކު ވެފައިވާ އެއްބަސްވުން އުވާލީ ކުރީގެ ރައީސް ޑރ.ވަހީދުގެ ވެރިކަމުގައި 2012 ވަނަ އަހަރުއެވެ. އެކަމުގެ ސަބަބުން ރާއްޖެއިން ބަދަލުގެ ގޮތުގައި ޖީމްއެއާރަށް 270 މިލިއަން ޑޮލަރު ދައްކަންޖެހުނެވެ. ޖެހިގެން އައި ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވަނީ އެފައިސާ އެއްކޮށް ދައްކާ ހަލާސްކޮށްފައެވެ.
2 Responses
ދެވަނަދައުރަކަށް ފަންޑު ކަށަވަރުކުރުމުގެ މަސައްކަތް ފެށިގެން ބާރަށް ކުރިއަށދާކަމުގެ ދިރިހުރި ނިޝާނެއް މިފެނުނީ، ދެވަނަފަހަރަށް ދިވެހިންގެ މައިދޮރާށި ޖީއެމްއާރަށް ނުދޭނެކަމުގެ އެއްވެސް ޔަޤީންކަމެއްނެތް. ޤައުމު ވިއްކައިހުސްކުރިޔަސް ކޯލިޝަނުގައި ތިބެވެނިކޮށްނިމުނީ، ބޭނުންވާ މަންފާލިބި ޖީބުތައް ފުރެނިކޮށް ނިމުނީ، ރައްޔިތުންގެ ބޭނުމެއްނެތް.
ޖީއެމްއާރު އަތުން އެ ބުނާ އެއަރޕޯޓް އަތުލި މީހން މިހާރުވެސް އެތިބީ ސޯލިހް ފަހަތުގައި އެއީ އަދާލަތު އަދި ޖުމްހޫރީ ޕާޓީ