ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ އިސްލާމް ދީނުގެ މަޝްވަރާ މަޖިލިހަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
އެޕާޓީން ބުނެފައިވަނީ އިސްލާމް ދީނުގެ މަޝްވަރާ މަޖިލިހަށް ކުރިމަތި ލައްވަން ބޭނުންފުޅުވާ އެމްޑީޕީގެ މެމްބަރުންގެ ތެރެއިން އެޕާޓީން ކަނޑައަޅާފައިވާ ޝަރުޠުތަކުގެ ތެރެއިން ޝަރުޠެއް ހަމަވާ މެމްބަރުން އެކަމަށްއެދި ހުށަހެޅުމަށް ހުޅުވާލާފައިވާކަމަށެވެ. ފޯމު ހުށަހެޅުމަށް ހުޅުވާލާފައިވަނީ މިމަހުގެ 16 ވަނަ ދުވަހާއި ހަމައަށެވެ.
މިމަޤާމަށް ކުރިމަތިލެވޭ ޝަރުޠުތައް:
1- އިސްލާމިކް ޔުނިވަރސިޓީއަކުން ތައުލިމީ ސެޓްފުކެޓެއް ލިބިފައިވުން ނުވަތަ އެފެންވަރަށް ކިޔަވާފައިވާކަމުގެ ލިޔުމެއް އިސްލާމިކް ޔުނިވަރސިޓީއަކުން ލިބިފައިވުން،
2- އިސްލާމްދީން ކިޔަވައި ދިނުމުގެ ހުއްދަ ލިބިފައިވުން
3- ދީނީ ތަޤުރީރުކުރުމުގެ ހުއްދަ ލިބިފައިވުން
4- ހާފިޒުކަމުގެ ސަނަދުއޮތުން
5- އިމާމްކޯހުން ނުވަތަ ޤާޟީކޯހުން ފާސްވެފައިވުން
އެމްޑީޕީގެ އިސްލާމް ދީނުގެ މަޝްވަރާ މަޖިލިހަށް ކުރިމަތިލާ ފަރާތްތަކުން ލިންކްގައިވާ ގޫގުލް ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ޕާސްޕޯޓް ފޮޓޯއަކާއި، އައިޑީ ކާޑުގެ ސާފު ކޮޕީއަކާއި އެކު އެޓެސްޓް ކުރެވިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީވެސް ހުށަހެޅުމަށް ވަނީ ދަންނަވާފައެވެ.
ކޮމެންޓު ފޮނުވާ