އުނޫޝާ އާއި ޝާންގެ ލަވައިގެ ޓީޒާ ނެރެފި

އުނޫޝާ އާއި ޝާންގެ ލަވައިގެ ޓީޒާ ނެރެފި

Author
ފާތިމަތު ނާވީ
07 ޖޫން 2022 06:40
0

ބޮލިވުޑްގެ މަޝްހޫރު ލަވަ ކިއުން ތެރިއާ ޝާން އާއި ރާއްޖޭގެ މަޝްހޫރު ލަވަ ކިއުންތެރިއާ މަރިޔަމް އުނޫޝާ (ކިޑީ) ގެ ލަވައިގެ ޓިޒާ ދައްކައިލައިފިއެވެ.

މީގެ ދެދުވަސް ކުރިން ޝާންގެ އިންސްޓަގްރާމް ގައި ވަނީ ލަވައިގެ ޕޯސްތަރު ވެސް ހިއްސާ ކޮށްފައިއެވެ. "ދިލް އުޅެޔާ" ގެ ނަން ދީފައިވާ މި ލަވައިގެ އެންމެ ތަފާތުކަމަކީ އުނޫޝާ ކިޔައިފައިވަނީ ހިންދީ ބަހުންނެވެ އަދި ޝާން ލަވަ ކިޔައިފައިވަނީ ދިވެހި ބަހުންނެވެ.

 

View this post on Instagram

 

A post shared by Shaan Music (@shaanmusiclabel)

މިލަވަ ނެރެނީ ވީޑިއޯ އާއި ވެސް އެކުގައިއެވެ. އުނޫޝާ އާއި ޝާން ފެނިގެންދާ މި ލަވަ އެއްކޮށް ޝޫޓްކޮށްފައިވަނީ ރާއްޖޭގައެވެ. ލަވައިގެ މަންޒަރުތައް ނަގާފައިވަނީ ކްރޮސް ރޯޑްގެ ހާޑް ރޮކް ހޮޓެލްގައެވެ.

ބެކްގްރައުންޑް ބޭންޑެއްގެ ގޮތުގައި ދިވެހި ފަންނާނުން ފެންނަ މި ލަވާގައި ބޮޑުބެރުގެ އަޑުތައްވެސް ހިމަނާފައި ވެއެވެ. ލަވަ ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހުއެވެ.

 

View this post on Instagram

 

A post shared by Shaan Music (@shaanmusiclabel)

 

އުނޫޝާ އާއި ޝާން އަކީވެސް މަޝްހޫރު އެތަށް ލަވަތަކެއް ކިޔައިދީފައިވާ ދެ ލަވަކިއުންތެރިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.