މިއޮތީ "ދިން ވޭނުގެ ހިތާމައިގާ"ގެ އަނެއްކާވެސް ތަފާތު ވާޝަނެއް!

މިއޮތީ "ދިން ވޭނުގެ ހިތާމައިގާ"ގެ އަނެއްކާވެސް ތަފާތު ވާޝަނެއް!

ގިނަ ބައެއް ގެ މަޤްބޫލުކަން ހޯދާފައި ވާ " ލޯބި ލޯބި" ލަވަ "ދިން ވޭނުގެ ހިތާމައިގާ" ގެ ގިނަ ވާޝަން ތަކެއް އަޅުގަނޑު މެންނަށް މިހާތަނަށް ވަނީ އަޑު އިވިފައެވެ. އަބްދުލްހަންނާން މޫސާ ދީދީގެ މި ރީތި ރާގު އޭރުގެ އެންމެ ކުޅަދާނަ އެއް ލަވަ ކިއުންތެރިޔާ އުމަރު ޒާހިރުގެ އަޑުން އިވުނު ފަހުން، ޑާކްރެއިނުން ސީދާ އެ ނަމުގައި ހެދި ފިލްމުގައި މުމްތާޒުގެ އަޑުން ވެސް މިލަވަ ވަނީ ބޮޑު މަގްބޫލުކަމެއް ހޯދާފައެވެ. އޭގެފަހުން ކުޑައި އިއްބެ ގެނެސްދިން އަސަރުންފުރިގެންވާ ތީމާއި، ރިމިކްސްވެސް ހަމަ އެހާ ފުރިހަމައެވެ.

ލަވައިގެ ރާގުގެ ވެރިޔާ އަބްދުލްހަންނާނާއި ޝިފާ ތައުފީގުގެ ހުށަހެޅުންވެސް ތަފާތެވެ. ވޮއިސް އޮފް މޯލްޑިވްސް މުބާރާތުގައި ދޮންބެގެ ޖާދުވީ އަޑުން އިވުނު ދިން ވޭނުގެ ހިތާމައިގާ ވެސް ވަކި ދެރައެއް ނޫނެވެ. ޕާޓީ ތަކާއި ހަފްލާތަކުގައި ބެކްމިއުޒިކެއްގެ ގޮތުގައި ބޭނުންކޮށްލަން މޫސާ ރަޝީދުގެ ސެކްސަފޯން އިންސްޓްރޫމެންޓަލް ވާޝަންވެސް ހަމަ އެއްވަނައެވެ.

މިފަހަރު މިއޮތީ އަނެއްކާވެސް މުޅިން ތަފާތު ވާޝަންއެކެވެ. ރާއްޖޭގެ ރޮކްމެޓްލްގެ ރަސްގެފާނު ޝަހީދު ލެގަސީގެ ރޮކް "ދިން ވޭނުގެ ހިތާމައިގާ" ވަރަށް ތަފާތެވެ. މުމްތާޒުގެ ވޯކަލްގެ މައްޗަށް ރޮކް ގިޓަރ އާއި ޑްރަމް އަޅާލާފަ އޮތީ ހަމަ ވަރަށް ފުރިހަމައަށެވެ.

ރައުފަތު ޞާދިޤްގެ ރިކުއެސްޓަށް ޝަހީދު ލެގަސީގެ މި ގެސްދިން ރޮކް "ދިން ވޭނުގެ ހިތާމައިގާ" ގެ ވީޑިއޯގައި އޯކޭޒް އިންކްގެ ސާމީގެ މަސައްކަތް ފާހަގަ ކޮށްލެވެއެވެ.

100 އިންސައްތަ ދިވެހި މި ލަވަޔަކީ އަބްދުލްހަންނާން މޫސާ ދީދީ އަޅުގަނޑުމެންނާ ހަމައަށް ގެނެސްދީފައި ވާ ރީތި ރާގުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ރާގެކެވެ. ކޮންމެ ގޮތަކަށް މި ރާގު އިވުނަސް ރީތި މިވަނީ އެހެންވެ ކަމަށްވެސް ވެދާނެއެވެ. އެހެންނަމަވެސް ރޮކް ވާޝްނަ ހަމަ ތަފާތު ނޫންތޯއެވެ؟

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *