ކަރަންގެ ޕާޓީން 55 މީހަކަށް ކޯވިޑް ޖެހުނު!

ކަރަންގެ ޕާޓީން 55 މީހަކަށް ކޯވިޑް ޖެހުނު!

Author
ފާތިމަތު ނާވީ
05 ޖޫން 2022 02:01
0

ޕްރޮޑިއުސަރ އަދި ޑައިރެކްޓަރު ކަރަން ޖޯހަރު ދާދިފަހުން ފާހަގަ ކުރި އޭނާގެ 55 ވަނަ އުފަންދުވަހުގެ ޕާޓީއަށް ވަނީ، ބޮލިވުޑްގެ ގިނަ އަދަދެއްގެ ތަރިން ހާޒިރުވެފައެވެ.

މުޅި ބޮލީވުޑުހެން ބައިވެރިވި މި ޕާޓީގެ ތެރެއިން 55 މީހަކަށް ކޮވިޑް ޖެހިފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ. ވަރަށް ކުލަ ގަދަކޮށް ބޭއްވި މިޕާޓީގައި ވަރަށް މަޖާނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ވަނީ ދައުރު ވެފައެވެ. އަދި ހަމަ އެހެންމެ ކޭކު ފެޅުމާއި، ތަރިންގެ ޑާންސްތައް ވެސް، ސޯޝަލް މީޑިއާގައި ވަނީ ވައިރަލް ވެފައެވެ.

މޭމަހުގެ 25 ވަނަ ދުވަހު ބޭއްވި މި ޕާޓީއަކީ ވަރަށް ފުރިހަމަ ޕާޓީއެއް ނަމަވެސް ކޯވިޑްގެ ދުއްތުރާއިން ސަލާމަތެއް ނުވިއެވެ.

 

View this post on Instagram

 

A post shared by Karan Johar (@karanjohar)

ކަރަން މިހާރު އަންނަނި އޭނާގެ ކުރިއަށް އޮތް ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހަނީ"ގެ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.