ޝާހުގެ އައު ފިލްްމް އަކީ "ޖަވާން"

ޝާހުގެ އައު ފިލްްމް އަކީ "ޖަވާން"

Author
ފާތިމަތު ނާވީ
05 ޖޫން 2022 11:31
0

ބޮލީވުޑް ގެ އެކްޓަރު ޝާހުރުކް ޚާން އިތުރު ފިލްމެއް އިއުލާން ކޮށްފިއެވެ. ފިލްމްގެ ފަސްޓް ލުކް އާއެކު ޝާހު ވަނީ ސޯޝަލް މީޑީއާގައި ފިލްމު އިއުލާން ކޮށްފައެވެ.

"ޖަވާން" ގެ ނަން ދީފައިވާ ފިލްމުގެ ޓީޒާއެއް ސޯޝަލް މީޑިއާގައި ޝާހު ވަނީ އާންމު ކޮށްފައެވެ. އެއް މިނިޓާއި ތިރީސް ސިކުންތުގެ ޓީޒާގައި ޝާހު ވަނީ އޭނާގެ ފަސްޓް ލުކް ބެލުންތެރިންނަށް ދޫކޮށްލާފައެވެ.

2018 ވަނަ އަހަރު ނެރުނު ޝާހުގެ ފިލްމް "ޒީރޯ" ފްލޮޕް ވުމާއި ގުޅިގެން ފިލްމީ ދާއިރާއިން ބްރޭކް އެއް ނެގުމަށްފަހު ޝާހު މިހާރު އަނެއްކާވެސް އުޅެމުން އަންނަނީ ފިލްމީ މަސައްކަތުގައި ވަރަށް ބިޒީކޮންނެވެ.

އެގޮތުން އޭނާ އެނބުރި އައުން ފާހަގަ ކުރާ ފިލްމު "ޕަތާން"ގެ މަސައްކަތް އަދި ނުނިމި އުޅެނިކޮން އަނެއްކާވެސް އިތުރު ފިލްމެއް އިއުލާން ކޮށް އޭނާ ބުނެފައިވަނީ މި ފިލްމަކީ ފަސްބަހަކުން ނެރުމަށް ހަމަޖެހިފައިވާ ފިލްމެއް ކަމަށެވެ.

 

View this post on Instagram

 

A post shared by Shah Rukh Khan (@iamsrk)

އަތުލީ ކުމާރު ޑައިރެކްޓްކުރާ މި ފިލްމު ނެރޭ ގޮތަށް އޮތީ އަންނަ އަހަރުގެ ޖޫން މަހުގެ 2 ވަނަ ދުވަހުއެވެ. މިއީ އޭނާގެ ފިލްމެއްގައި ޝާހު މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.