ހާލަންޑުގެ ގޯލުން ނޯވޭއިން ސާބިއާ ބަލިކޮށްފި

ހާލަންޑުގެ ގޯލުން ނޯވޭއިން ސާބިއާ ބަލިކޮށްފި

Author
މުޙައްމަދު ޝަޒައިމް
03 ޖޫން 2022 08:08
0

ޔުއެފާ ނޭޝަންސް ލީގުގެ ޑިވިޝަން ބީގެ ގްރޫޕް ހަތަރެއްގައި ސާބިއާއާ ދެކޮޅަށް ކުޅުނު މެޗު ނޯވޭއިން ކާމިޔާބުކޮށްފިއެވެ.

ސާބިއާގައި ކުޅުނު މި މެޗް ނޯވޭއިން ކާމިޔާބުކުރި 1-0 ގެ ނަތީޖާއަކުންނެވެ. ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސާބިއާއިންނެވެ. އެކަމަކު މި މެޗްގައި ނޯވޭއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 26 ވަނަ މިނެޓްގައި އެ ޓީމަށް ޖަހައިދިނީ ޒުވާން ތަރި އާލިން ބްރައުޓް ހާލަންޑެވެ.

މި ލަނޑާއެކު އެންމެފަހުން ނޯވޭއަށް ކުޅުނު ހަ މެޗްގައި ހާލަންޑް ވަނީ ނުވަ ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ ނޯވޭގެ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 18 މެޗްގައި 16 ލަނޑު ޖަހާދީފައެވެ.

ނޭޝަންސް ލީގުގެ ޑިވިޝަން ބީގެ ގްރޫޕް ހަތަރެއްގައި ސާބިއާގެ މައްޗަށް ނޯވޭއިން ކުރި ހޯދިއިރު، މި ގްރޫޕްގައި ރޭ ސްލޮވީނިއާއާ ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސްވިޑެނުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.