މެލޭޝިއާއަށް ދަތުރުކުރުމުގެ ކުރިން ކޯވިޑް-19 ޓެސްޓް އަދި ކަރަންޓީން ފީ އޮންލައިންކޮށް ދެއްކުމަށް އަންގައިފި

މެލޭޝިއާއަށް ދަތުރުކުރުމުގެ ކުރިން ކޯވިޑް-19 ޓެސްޓް އަދި ކަރަންޓީން ފީ އޮންލައިންކޮށް ދެއްކުމަށް އަންގައިފި

Author
މުޙައްމަދު ޖިމީ
14 ނޮވެމްބަރ 2020 11:26
0

މެލޭޝިޔާއަށް ދަތުރުކުރާ ފަރާތްތަކުން ހަދަންޖެހޭ ކޯވިޑް-19 ޓެސްޓް އަދި ކަރަންޓީން ފީ އެޤައުމަށް ދަތުރުކުރުމުގެ ކުރިން ދައްކަންޖެހޭގޮތަށް ހަމަޖައްސައިފިއެވެ.

މެލޭޝިއާގައި ހުންނަ ދިވެހި ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައިވަނީ މާދަމާއިން ފެށިގެން މެލޭޝިއާއަށް ދަތުރުކުރާ ފަރާތްތަކުގެ ކޯވިޑް-19 ޓެސްޓަށާއި ކަރަންޓީންވުމަށް ދައްކަންޖެހޭ ފައިސާ MySafeTravel ނުވަތަ MyEG ގެ Myr މެދުވެރިކޮށް އޮންލައިންކޮށް ދެއްކޭނެގޮތް މެލޭޝިއާ ސަރުކާރުން ހަމަޖައްސަވާފައިވާކަން މެލޭޝިއާގެ ފޮރިން މިނިސްޓްރީން އަންގާފައިވާކަމަށެވެ.

އަދި މިގޮތަށް ހަމަޖެއްސުމާ ގުޅިގެން ފީތައް މެލޭޝިއާއަށް ދަތުރުކުރަން ފެށުމުގެ ކުރިން ދައްކަން ޖެހޭނެކަމަށާއި ފައިސާ ދައްކާފައިވާ ކަމުގެ ލިޔުން މެލޭޝިއާއަށް ދެވުމާއެކު އެއަރޕޯޓްގެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅަން ޖެހޭނެކަމަށް އަންގާފައިވާކަމަށްވެސް ހައިކޮމިޝަނުން ބުނެއެވެ. އޮންލައިން ޕޭމަންޓް ދެއްކުމަށް www.myeg.com-my www.nadma.gov.my www.moh.gov.my ވެބްސައިޓްތައް މެދުވެރިކޮށް ބޭނުންކުރެވޭނެކަމަށްވެސް މެލޭޝިއާގައި ހުންނަ ދިވެހި ހައިކޮމިޝަނުން ބުނެއެވެ.

މެލޭޝިއާއަށް ދަތުރުކުރުމުގެ ކުރިން ކޯވިޑަށް ޓެސްޓުކުރުމާއި ކަރަންޓީން ފީ އޮންލައިންކޮށް ދެއްކުމަށް އިލްތިމާސްކޮށްފައިވާއިރު، ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން މަތީ ތައުލީމު ހާސިލް ކުރަމުންދާ މެލޭޝިއާއަށް އެތެރެވާއިރު ދައްކަން ޖެހޭ ކަރަންޓީން ފީ ބޮޑުކަމުން އެކަމުގެ ކަންބޮޑުވުންވެސް ދިވެހިން އަންނަނީ ފާޅުކުރަމުންނެވެ. އެގޮތުން މެލޭޝިއާއަށް އެތެރެވާއިރު ކަރަންޓީން ފީގެ ގޮތުގައި 1،124 ޑޮލަރު ދައްކަންޖެހެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.