ހއ.މުރައިދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ.
އެމްޓީސީސީން ބުނެފައިވަނީ މުރައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 75 ޕަސެންޓް ނިމިފައިވާކަމަށެވެ.
މި މަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުމާއި 407 މީޓަރުގެ ބޭރުތޮށި ލުމާއި 50 މީޓަރުގެ ގްރޮއިން ޖެހުން ހިމެނެއެވެ. އަދި 105 މީޓަރުގެ ރިވެޓްމަންޓްޖަހާ، 212 މީޓަރުގެ އެއްގަމު ތޮށްޓެއް ލުމާއި 9 މީޓަރު ދިގު އަދި 9 މީޓަރު ފުޅާ ރޭމްޕެއްވެސް ހެދުމަށް ހަމަޖެހިފައިވެއެވެ.
New harbor basin dredging operation are progressing with 75% completion, for Ha. Muraidhoo Harbor Development Project.#MTCCProjects #RayyithungeKunfuni pic.twitter.com/p0awHf0lPI
— MTCC Plc (@MTCCPlc) June 1, 2022
މީގެ އިތުރުން 2 މީޓަރު ދިގު 15 މީޓަރު ފުޅާ ވޯކްވޭ ބްރިޖެއް ހެދުމުގެ އިތުރުން 1،703.61 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދާ، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރެއިން ކުރާނެއެވެ.
މުރައިދޫ ބަނދަރުގެ މަސައްކަތަށް 33.72 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިމަޝްރޫޢުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްފައިވަނީ 1 އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ފުރިހަމަކުރާގޮތަށެވެ. އާބާދީގައި ގާތްގަނޑަކަށް 450 އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ މުރައިދޫއަކީ ޒަމާނީ ބަނދަރެއް ނެތުމުގެ ސަބަބުން ލަފާފުރުމުގެ ދަތިކަން ދިމާވެފައިވާ ރަށެކެވެ.
ކޮމެންޓު ފޮނުވާ