ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހުރުކް ހާންގެ ދަރިފުޅު އާރިޔާން ހާންގެ މައްޗަށް ކުރި މަސްތުވާ ތަކެތީގެ ތުހުމަތު ތަކުން އޭނާ ސަލާމަތް ވެއްޖެއެވެ.
އޭނާގެ މައްޗަށް އުފުލި ދައުވާތައް އެކަށީގެންވާ ވަރަށް ހެކި ނެތް ކަމަށް ބުނެ ހުކުރު ދުވަހު ނެޝަނަލް ނާކޮޓިކްސް ކިންޓްރޯލް ބިއުރޯ (އެންސީބީ) އިން ބުނީ އަރިއަންގެ މައްޗަށް އުފުލި މަސްތުވާކެތި ބޭނުންކުރުމާއި އެ ޓްރެފިކްކުރުމާއި ވިއްކުމުގެ ދައުވާތައް ކުރިއަށް ނުގެންދަން ނިންމީކަމަށެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު 2 ވަނަ ދުވަހު އާރިޔަން ހައްޔަރުކުރީ ކްރޫޒް ލައިނާއެއްގައި މަސްތުވާތަކެއްޗާ އެކު ޕާޓީކުރި ބައެއްގެ ތެރެއިންނެވެ. ހައްޔަރު ކޮށް ޖަލުގައި ގެންގުޅުމަށް ފަހު އޭނާ ދޫކޮށްލާފައި ވަނީ އޮކްޓޫބަރު 30 ގަ އެވެ. އޭނާ އާއި އެކު ޖުމްލަ 14 މީހަކު ހައްޔަރު ކުރި ކަމަށްވެއެވެ.
އަރިއަން، 24، އަކީ ޝާހްރުކްގެ ތިން ކުދިންގެ ތެރެއިން ދޮށީ ދަރިފުޅެވެ.
ކޮމެންޓު ފޮނުވާ