ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވި މަޤާމަށް ހުޅުވާލައިފި

ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވި މަޤާމަށް ހުޅުވާލައިފި

Author
މުޙައްމަދު ޝަޒައިމް
26 މެއި 2022 05:20
0

ހައިކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުންގެ މަޤާމަށް ކުރިމަތި ލުމަށް ހުޅުވާލައިފިއެވެ.

ހައިކޯޓަށް ފަނޑިޔާރަކު ހޯދަން ޖުޑިޝަލް ސާވިސް ކޮމިޝަނުން އިއުލާން ކޮށްފައިވަނީ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ސަމީރު ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ. މިމަޤާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ އަންނަ މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިމަޤާމަށް ކުރިމަތިލެވޭނީ އުމުރުން 25 އަހަރު ވެފައިވާ ޝަރުއީ ނުވަތަ ޤާނޫނީ ދާިއރާއިން ޑިގްރީ އެއް އޮތުމާއިއެކު، ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށެވެ. ހައިކޯޓުގެ ފަނޑިޔާރުންގެ މުސާރައަކީ 36،000 ރުފިޔާއެވެ. ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ އަދި ރިސްކު އެލަވަންސުގެ ގޮތުގައި 3،300 ރުފިޔާވެސް ލިބެއެވެ. މީގެ އިތުރުން މެޑިކަލް އެލަވަންސާއި، ފޯނު އެލަވަންސްވެސް ލިބިގެންދާނެއެވެ.

ހައިކޯޓުގެ ފަނޑިޔާރުގެ މަޤާމުން އިސްތިއުފާ ދެއްވުމަށްފަހު ފަނޑިޔާރު ސަމީރު ވަނީ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމާއި ހަވާލުވެ ވަޑައިގެންފައެވެ. ސަމީރު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ 2011 މާރޗް 26 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.