ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހު ކޯވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހު ކޯވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

Author
މުޙައްމަދު ޝަޒައިމް
13 ނޮވެމްބަރ 2020 08:32
0

ލިވަޕޫލްގެ ފޯވާޑް މުހައްމަދު ޞަލާހު ކޯވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

28 އަހަރުުގެ ލިވަޕޫލްގެ ފޯވާޑު މިވަގުތު ހުރީ ޤައުމީ ޓީމުގެ މެޗުތަކެއް ކުޅުމަށް ޓީމާއިއެެކުގައެވެ. ސަލާ ޕޮޒިޓިވް ވުމާއި ގުޅިގެން އެޓީމުގެ އެހެން ކުޅުންތެރިންވެސް ވަނީ ކޯވިޑަށް ޓެސްޓު ކޮށްފައެވެ. ނަމަވެސް އެހެން އެއްވެސް ކުޅުންތެރިޔަކު ކޯވިޑަށް ޕޮޒިޓިވް ވެފައި ނުވެއެވެ.

ސަލާގެ ކިބައިން ފެންނަކީ ކޯވިޑްގެ ވަރަށް ކުޑަ އަލާމާތްތަކެއްކަމަށް ޤައުމީ ޓީމުގެ މިޑިޔާ އޮފިޝަލުންނާއި ހަވާލާދީ މިޑީޔާ ރިޕޯޓްތައް ބުނެއެވެ. އޭނާ މިވަގުތުު ހުރީ އައިސޮލޭޝަންގައެވެ. އިންޓަރނޭޝަނަލް މެޗުތަކަށްފަހު އަލުން ލިވަޕޫލުގެ މެޗުތައް ފަށާއިރު ކޯޗް ކުލޮޕަށްވަނީ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެފައެވެ. ފުލް 11 ގައި ކުޅޭ މުހިންމު ކުޅުންތެރިންތަކެއް މިވަގު އަނިޔާގައި ތިބިއިރު، އިތުބާރު ފޯވާޑު ސަލާ ނެތުމަކީވެސް ކޯޗު ކްލޮޕަށް އޮތް ބޮޑު ގޮންޖެހުމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.