ސަނީގެ ފިރިހެން ދަރިފުޅާއި ޕޫނަމްގެ އަންހެން ދަރިފުޅު އެކުގައި ބޮލީވުޑަށް!

ސަނީގެ ފިރިހެން ދަރިފުޅާއި ޕޫނަމްގެ އަންހެން ދަރިފުޅު އެކުގައި ބޮލީވުޑަށް!

Author
ފާތިމަތު ނާވީ
23 މެއި 2022 06:35
0

އެކުގައި މަޝްހޫރު އެތައް ފިލްމުތަކަކުން ފެނިގެން ގޮސްފައިވާ ދެ ތަރިން ކަމުގައިވާ ސަނީ ޑިއޯލް އާއި ޕޫނަމް ދިލަންގެ ދަރިން އެކުގައި ބޮލީވުޑަށް ނުކުންނަން އުޅޭކަމަށް ޚަބަރުތައް ބުނެފިއެވެ.

ސަނީގެ ހަގު ފިރިހެން ދަރިފުޅު ރަޖްވީރު ޑިއޯލް އާއި ޕޫނަމްގެ އަންހެން ދަރިފުޅު ޕަލޯމާ ތަކޭރިއާ އެކުގައި ބޮލީވުޑަށް ނުކުންނަށް އުޅޭ އިރު ސަނީގެ ދޮށީ ފިރިހެން ދަރިފުޅުވެސް މިހާރު ވަނީ ބޮލީވުޑަށް ނުކުމެފައެވެ.

 

View this post on Instagram

 

A post shared by Rajshri (@rajshrifilms)

ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާގެ ދަރިފުޅު އަވްނިޝް ބަރްޖަތިއާގެ އަލަތު ޑައިރެޝަނުން އެދެމީހުން ބޮލީވުޑަށް ތައާރަފް ވާއިރު އެ ފިލްމަކީ ސަލްމާން ޚާނަށް ބޮޑުބޭބެ ކިޔާ އަލިޒޭ އަގްނިހޯތުރީ ބޮލީވުޑަށް ތައާރަފްވާ ފިލްމު ކަމަށް ކުރިން ރިޕޯޓްކޮށްފައި ވެއެވެ.

 

View this post on Instagram

 

A post shared by Rajshri (@rajshrifilms)

ސަނީ އާއި ޕޫނަމް އެކުގައި ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "ސަމަންދަރު"، "ސޯނީ މަހިވާލް" އަދި "ސަވޭރޭ ވާލީ ގާޅީ" ހިމެނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.