އިންޑިއާއާއި ގުޅޭ ބަހުސަކަށް، ޔާމީންގެ ދައުވަތު ސަރުކާރަށް

އިންޑިއާއާއި ގުޅޭ ބަހުސަކަށް، ޔާމީންގެ ދައުވަތު ސަރުކާރަށް

Author
މުޙައްމަދު ޖިމީ
17 މެއި 2022 03:26
0

މި ސަރުކާރުން އިންޑިއާއެކު ގެންގުޅޭ ސިޔާސަތުތަކާ ގުޅިގެން ރައްޔިތުންނަށް އޮތް ގެއްލުންތައް ހާމަކޮށް، ސަރުކާރަށް ރައްދުދީ ބަހުސްކުރުމަށް ޕެނަލް ޑިސްކަޝަނަކަށް އަރާވަޑައިގަންނަވަން ތައްޔާރަށް ހުންނެވިކަމަށް އިދިކޮޅު ލީޑަރު އަދި ޕީޕީއެމްގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

އޮންލައިން ނޫސް އަދަދަށް ދެއްވާފައިވާ އިންޓަރވިއުގައި ރައީސް ޔާމީން ވިދާޅުވެފައިވަނީ ކޮންމެ ސިފައެއްގައިވެސް އިންޑިއާ ސިފައިން ރާއްޖޭގަިއ ތިބީ މިނިވަންކަން ގެއްލޭގޮތަށްކަމަށެވެ. ރައީސް ޔާމީން މިހެން ވިދާލުވެފައިވާއިރު، ރައިސް ޔާމިން އިސްވެ ގެންދަވަނީ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާ ޤައުމީ ހަރަކާތެއް ހިންގަމުންނެވެ. މުޅި ރާއްޖެއަށް ފުޅާކޮށްގެން ހިންގާ އެ ހަރަކާތް ސަރުކާރުން ދަނީ ހުއްޓުވުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ސަރުކާރުގެ ހުރިހާ ހަކަތައެއް އެކަމަށް ބޭނުންކުރެއެވެ. މިގޮތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާއްޞަ ރިޔާސީ ޤަރާރަކުން ދައުލަތުގެ އިދާރާތަކަށް ވަނީ އެހަރަކާތް ހުއްޓުވުމަށް އަމުރުކޮށްފައެވެ.

ނަމަވެސް އެ އަމުރަށް ގޮންޖަހާ އިދިކޮޅުން އަދިވެސް އަންނަނީ އެކި ސިފަސިފާގައި އެ ހަރަކާތް ހިންގަމުންނެވެ. ރައީސް ޔާމީންވެސް ހުންނެވީ އެ ހަރަކާތަށް ދޫދެއްވާގޮތަކަށް ނޫނެވެ. ރައީސް ޔާމީން ވިދާޅުވީ އިންޑިއާއާއެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުންތައް އޮތީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުންވާގޮތަށެވެ. އިންޑިއާގެ ސިފައިން ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބޭ ތިބުމާ ދެކޮޅަށް އަޑުއުފުލައި އެކަމުގައި އުޅެންޖެހުމަކީ ހަަމައެކަނި ޕީޕީއެމްގެ ޒިންމާއެކޭ ބައެއް މީހުންނަށް ހީވެފައި އޮންނަކަމަށެވެ. ނަމަވެސް  ރާއްޖޭގެ މިނިވަންކަމަށް ކުޑަ ވެސް އަސަރެއްނުކޮށް ބޭއްވުމުގެ ބޮޑު ޒިންމާ އޮތީ މުޅި ރައްޔިތުންނަށް ނޫންތޯ ރައީސް ޔާމީން ސުވާލުކުރެއްވިއެވެ.

 ޕީޕީއެމްއިން އެކަނި އަސަރުކޮށްގެން އުޅެން ޖެހޭ ވަރުގެ ކަމެއް ވެސް ނޫން ދެއްތޯ, އަޅުގަނޑުމެންނަށް ވެސް ފަސޭހަ ގޮތް ފަސޭހަ ދެއްތޯ,..

– ރައީސް ޔާމީން ވިދާޅުވިއެވެ.

އިދިކޮޅުން އަންނަނީ އިންޑިއާ އައުޓް މާލެއާއި އަތޮޅުތަކުގެ ބައެއް ރަށްރަށުގެ ގޭގޭގެ ފާރުގައި ޖަހަމުންނެވެ. އަދި އިންޑިއާ އައުޓް ބެނާތައްވެސް ދަމަމުން އަންނައިރު، ފުލުހުން އަންނަނީ އެ ބެނާތައްވެސް ނަގަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އައިސް
މުޅި ސަރުކާރު އިނދަ ޖައްސާނެ