ސޮނާލީއަށް ވެބް ސީރީޒެއް

ސޮނާލީއަށް ވެބް ސީރީޒެއް

Author
ފާތިމަތު ނާވީ
18 މެއި 2022 10:01
0

ބޮލީވުޑްގެ ކުރީގެ ބަތަލާ ސޮނާލީ ބޭންޑްރާ އެންބުރި އެކްޓިންއަށް ނުކުމެއްޖެއެވެ.

މީގެ ތިން އަހަރެއްހާ ދުވަސް ކުރިން ކެންސަރަށް ފަރުވާ ހޯދި ބަތަލާ އެކްޓުކުރުމާ ދުރުގައި ހުރުމަށް ފަހު އެނބުރި އަންނަނީ ވެބް ސީރީޒަކުންނެވެ.

ޒީ-ޓީވީން މިހާރު ދައްކާ ޑާންސް ޝޯ "ލިޓިލް މާސްޓާ"ގެ ޖަޖެއްގެ ގޮތުގައި ވެސް ބައިވެރިވަމުން އަންނަ 47 އަހަރުގެ ބަތަލާ އަލުން އެކްޓުކުރުމަށް ނުކުންނަނީ ޒީ5 ގެ ވެބް ސީރީޒް "ދަ ބްރޯކެން ނިއުސް" އިންނެވެ.

ސޮނާލީ ވަނީ މީގެ ދުވަސްކޮޅެއް ކުރިން މި ވެބް ސިރީޒުން އޭނާ ފެނިގެން ދާގޮތުގެ ފޮޓޮއެއް ވެސް ހިއްސާ ކޮށްފައެވެ.

 

View this post on Instagram

 

A post shared by Sonali Bendre (@iamsonalibendre)

ވިނޭ ވައިކުލް ޑައިރެކްޓްކުރާ މި ސީރީޒްގެ ކާސްޓުގައި ޖައިދީޕް އަހުލުވާތާއި، ޝްރިޔާ ޕިލްގާއޯންކަރާއި، އިންދުރަނީލް ސެންގުޕްތާ އާއި އާކަޝް ކްރާނާ އަދި ކިރަން ކުމާރު ވެސް ހިމެނެއެވެ.

މިއީ 6 އެޕިސޯޑަށް ގެނެސްދިން ބީބީސީ ސްޓޫޑިއޯސްގެ 2018 ގެ ސީރީޒް "ޕްރެސް" އަސްލަކަށް ބަލައިގެން ގެނެސްދޭ ސީރީޒެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.