ކޭކަކީ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު އެއްޗެކެވެ. ނަމަވެސް ކޭކަކީ އާންމު ގޮތެއްގައި ހަކުރާއި ބަޓަރު ފަދަ އެއްޗެހިން ތައްޔާރު ކުރާ އެއްޗެކެވެ.
އެހެން ކަމުން ޑައިޓް ކުރަށްވާ ބޭފުޅުން ކޭކައި ދުރުގައި އުޅެވޭތޯ ވަރަށް މަސައްކަތް ކުރެއެވެ. އަދި ކޭކު ފޮއްޗެއް ކައިފިނަމަ ކުރާ ކަސްރަތު ޑަބަލް ކުރާ މީހުންވެސް އުޅެއެވެ.
އަދި ހަމަ މިފަދައިން ކެތް ނުވެގެން ކޭކުގެ ރަހަބަލާލާ މީހުންވެސް މަދެއްވެސް ނޫނެވެ. ކޭކަކީ އެހާވެސް މީރު އެއްޗަކަށް ވެފައިވާތީއެވެ.
ކޮންމެއަކަސް އެއްވެސް ވަރަކަށް ބަޓަރު ނުލައި ކޭކެއް އެޅިދާނެތޯ އެއީ އުފެދޭ ސުވާލެކެވެ. ޖަވާބަކީ ބަޓަރު އަދި ތެޔޮވެސް ނުލައި ކޭކެއް އެޅިދާނެއެވެ. ހަކުރު ވެސް މަދުކޮށް ވަރަށް މަޑުމަޑު ކޭކެއް އެޅިދާނެއެވެ.
އަޅެ މެޖިކެއް ނޫންހެއްޔެވެ. މި ކޭކުގެ ނަމަކީވެސް މެޖިކް ކޭކެވެ. އެހެން ކަމުން މިއީ ޑައިޓް ކުރަށްވާ ބޭފުޅުންނަށް ވަރަށް ކަމުދާނެ އެއްޗަކަށް ވާނެ ކަމަށް އުންމިދު ކުރަމެވެ. އަދި މި ރެސިޕީ ތައްޔާރު ކުރާނެ ކަމަށްވެސް އުންމީދު ކުރަމެވެ.
މެޖިކް ކޭކް ތައްޔާރު ކުރަނީ ވަރަށް މަދު އިންގްރެޑިއަންޓް ބޭނުން ކޮށްގެންނެވެ.
4 ބިސް
3/4 ޖޯޑު ފުށް
3/4 ޖޯޑު ހަކުރު
2 ޖޯޑު ކިރު

މިއީ ވަރަށް ފަސޭހައިން ތައްޔާރު ކުރެވިދާނެ އަދި އެހާމެ މީރު ކޭކެވެ. އެންމެ ފުރަތަމަ ބިހުގެ ރީނދޫ އަދި ހުދު ބައި ވަކި ކޮށްލާށެވެ. ކޭކަށް ބޭނުން ވާނީ ރީނދޫ ބައެވެ. އެއީ އެގް ޔޯކްއެވެ. އިލްކްޓްރިކް މިކްސާއެއްގައި އެގް ޔޯކް ކޮޅު ރަނގަޅަށް ގަށައިލާށެވެ. އެއަށް ފަހު ހަކުރު ކޮޅު އަޅައި ރަނގަޅަށް އެކުވުމުން ފުށްކޮޅު އަޅައިލާށެވެ. އަދި 1 ޖޯޑު ކިރު އެޅުމަށްފަހު ރަނގަޅަށް މިކްސް ކޮށްލާށެވެ. މިކްސަރުގެ އެންމެ ބާރު ސްޕީޑުގައި އެއްކުރަމުން ގެންދާށެވެ.
ހަނދާން ބަހައްޓާށެވެ. ހުރިހާ ކިރެއް އަޅައިލުމުން ކޭކުގެ ފުށްގަނޑު ހަރާބުވާނެއެވެ. ރަނގަޅަށް ހުރިހާ އެއްޗެއް އެއްވުމުން މިކްސަރު އެންމެ މަޑުމިނަށް ލާށެވެ. އެއަށް ފަހު ބާކީ ކަޕްގެ މިލްކް ބައިބައިޔަށް އަޅަމުން ގެންދާށެވެ.
ހުރިހާ އެއްޗެއް އެކުވުމުން ޓްރޭގައި ބޭކިންގް ޝީޓެއް އެޅުމަށްފަހު ކޭކު ފުށްގަނޑު އަޅައިލާށެވެ. އަދި ފިހެލާށެވެ.
މިއީ ޑައިޓް ގައި އުޅުއްވާ ބޭފުޅުން ތައްޔާރު ކޮށްލުމަށް ރަނގަޅު ރެސިޕީއެކެވެ. މި މެޖިކްގެ އަޖުމަ ބަލާލުން ވެސް ރަނގަޅެވެ.
ކޮމެންޓު ފޮނުވާ