މަސްތުގެ ހާލުގައި ހުރެގެން ޖިންސީ ގުނަވަން ދެއްކި ބިދޭސީއަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.
ފުލުހުންގެ ފަރާތުން ހާމަކޮށްފައިވާ ގޮތުގައި، މަސްތުގެ ހާލުގައި ހުރެ ޖިންސީ ގުނަވަން ދެއްކި ބިދޭސީއެއްގެ މައްސަލަ ރޭގެ ވަގުތެއްގައި އެ އިދާރާއަށް ހުށަހެޅިފައި ވާކަމުގައެވެ. މި ހާދިސާ ހިގައިގެން އެ އިދާރާއަށް ރިޕޯޓު ކޮށްފައިވަނީ ރޭގެ 21:57ގައި ކަމަށްވެސް ފުލހުންގެ ފަރާތުން ހާމަ ކޮށްފައި ވެއެވެ. އަދި ފުލުހުން ބުނެފައިވާ ގޮތުގައި މި މަައްސަލާގައި ހައްޔަރު ކޮށްފައިވަނީ ފިރިހިނެކެވެ. އަދި މީހާއަކީ އިންޑިއާގެ ފިރިހެނެއްކަން އެގިފައިވި ނަމަވެސް، މިއީ ކޮން އުމުރެއްގެ މީހެއްކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ
ފުލުހުން ބުނެފައިވާ ގޮތުގައި މިމައްސަލަ މިހާރު ދަނީ ތަހުގީގު ކުރެވެމުންނެވެ. މައުލުމާތު ލިބިފައިވާ ގޮތުގައި މިމީހާ ޖިންސީ ގުނަވަން ދެއްކުމާއިގުޅިގެން އޭނާ ހައްޔަރުކޮށް ފުލުހުންނާއި ހަވާލުކޮށްފައިވަނީ އެސަރަަހައްދުގައި ތިބި އާންމުންނެވެ.
ކޮމެންޓު ފޮނުވާ