އައްޑޫ މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސްކަމަށް ވާދަކުރައްވާ ރޮޒައިނާ އާދަމް އަބަދު ޒުވާބުކުރައްވަނީކަމަށް ވިދާޅުވެ އެމްޑީޕީ މާލެ ދާއިރާގެ ރައީސް އަދި މާލެ ސިޓީގެ ކުރީގެ މޭޔަރު ސިފާ މުޙައްމަދު ފާޑުވިދާޅުވެއްޖެއެވެ.
ސިފާ މިފަދައިން ވިދާޅުވެފައިމިވަނީ އަމިއްލަ ސްކޫލްތަކުގެ ފޯބޮޑުކުރަމުން ދިއުމާއި ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ސފާކުރެއްވި ޓްވީޓަކަށް ރޮޒައިނާ ފާޑުވިދާޅުވުމާއި ގުޅިގެންނެވެ.
ސިފާ ވަނީ އެއް ބައެއްގެ އަތުގައި ފައިސާގިނަވެ "ގިއްކިޔާފަ" ޖަލްސާތައް ބާއްވާ ކެމްޕެއިން ހިންގިޔަސް ކޯވިޑަށް ފަހު ވިޔަފާރިވެރިންނަށްވެސް އަދި އާންމު މީހުންނަށްވެސް އެ ހާލަތުން އަރައި ނުގަނެވޭނެކަމަށެވެ. އެހެންކަމުން މިފަދަ ދަނޑިވަޅެއްގައި ސްކޫލްތަކުގެ ފީ ބޮޑުކުރުމަކީ ހެޔޮވާވަރުކަމެއް ނޫންކަމަށް ސިފާ ވިދާޅުވިއެވެ.
ސިފާގެ މި ވާހަކަތަކާއި ގުޅިގެން ރޮޒައިނާ ވަނީ އެމްޑީޕީގެ ޗެއަރޕާސަންކަމަށް ވާދަކުރައްވާ އިމްތިޔާޒް ފަހުމީ ކެމްޕެއިން ދަތުރުތަކަށް ޚަރަދުކުރެއްވީ ބޮލި ހިލައިގެންތޯ ސުވާލުކުރައްވާފައެވެ.
ސިފާތާ އަބަދު ޕާޓީތެރޭ ފިތުނަ އުފައްދާ ސަރުކާރަށް ނަފްރަތު އުފެއްދުމަށް ތި ކުރައްވާ މަސައްކަތް އެމްޑީޕީގަ ހުންނަވައިގެން ކުރެއްވީމަ ވަ ހުތުރު.
– ރޮޒައިނާ އާދަމް
ރޮޒައިނާގެ އެ ވާހަކަތަަކަށް ރައްދު ދެއްވާ ސިފާ ވަނީ ރޮޒައިނާ އަބަދު ކޮން ޒުވާބެއްގައިތޯ އުޅުއްވަނީ ސުވާލުކުރައްވާފައެވެ. ސްކޫލްތަކުގެ ފީ ބޮޑުނުރުމަށް ގޮވާލުމުންވެސް ހީވަނީ އެހެންފަދަ ކަމެއްހެންކަމަށް ސިފާ ވިދާޅުވިއެވެ.
ވަކި މީހެއްގެ ވާހަކަ ބުނެފަ އޮތީއެއްވެސް ނޫނެއްނުންތޯ؟
– ސިފާ މުޙައްމަދު
Rozeyna abadhu kon zuvaabehgai thoa mi ulhuhvani . School thakuge fee bodu nukurumah bunimaaves heevani ehenfadha kamehhen . Vaki meehehge vaahak bunefa othives nooneh noonthoa ? https://t.co/RkDLgq0GbS
— Shifa Mohammed???????????? (@SifaMohammed) May 13, 2022
މާދަމާ އޮންނަ އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބާއި ގުޅިގެން އެމްޑީޕީގެ އެތެރޭގައި ވަނީ ވަރަށް ބޮޑު ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ. މި އިންތިޚާބުގައި ރޮޒައިނާ އަންހެނުންގެ ރޫހުގެ ރައީސްކަމަށް ވާދަކުރައްވާއިރު، އެނާ ކެމްޕެއިން ކުރައްވަނީ ފައްޔާޒާއި އެކުއެވެ.
މި އިންތިޚާބުގައި ސިފާ ތަޢީދުކުރައްވަނީ އިންތިއަށެވެ. އަދި އަންހެނުންގެ ރޫހުގެ ރައީސްކަމަށް ތާޢީދުކުރައްވަނީ ސަފާއަތަށެވެ.
ކޮމެންޓު ފޮނުވާ