ގްރޭޓާމާލެ އިންޓަރކަނެކްޝަން ގްރިޑާ ގުޅުންހުރި މަސައްކަތެއް ކުރާތީ ހެނދުނު ކަރަންޓު ކެނޑިދާނެ

ގްރޭޓާމާލެ އިންޓަރކަނެކްޝަން ގްރިޑާ ގުޅުންހުރި މަސައްކަތެއް ކުރާތީ ހެނދުނު ކަރަންޓު ކެނޑިދާނެ

Author
ޢަލީ އާދަމް
13 މެއި 2022 04:27
0

މިއަދު ހެނދުނު ގްރޭޓާމާލެ އިންޓަރކަނެކްޝަން ގްރިޑާއި ގުޅުންހުރި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރިއަށްގެންދާތީ މާލެ އާއި ހުޅުމާލެއިން ކަރަންޓް ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ ގްރޭޓާމާލެ އިންޓަރކަނެކްޝަން ގްރިޑާއި ގުޅުންހުރި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ހުކުރު ދުވަހުގެ ހެނދުނު 6:00 އިން 9:00 އަށް ކުރިއަށް ގެންދަން ހަމަޖެހިފައި ވާކަމަށެވެ. އެހެންކަމުން މާލެއާއި ހުޅުމާލެއިން އެ ވަގުތު ކަރަންޓު ކެނޑިދާނެ ކަަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ސްޓެލްކޯއިން ބުނީ މިފަދަ މަސައްކަތްތަކަކީ ކަސްޓަމަރުންނަށް ދެމުންގެންދާ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ކަސްޓަމަރުން އެދޭފަދަ ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި، ކުރެވޭ މަސައްކަތްތަކެއް ކަމަށެވެ.

އަދި ކަރަންޓު ކެނޑިއްޖެ ނަމަ އެ ވަގުތު ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މައާފަށް އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.