ބޮލީވުޑްގެ ކުރީގެ ރީތީ ބަތަލާ ޝަރުމީލާ ޓެގޯރް 11 އަހަރު ފަހުން ބޮލީވުޑަށް އެނބުރި އަންނަން ނިންމައިފިއެވެ.
މިހާރު ޝޫޓިންގ ނިންމާފައިވާ އެ ފިލްމުގެ ނަމަކީ "ގުލްމޯހަރް" އެވެ. އާއިލީ ކަންތައް ތަކެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ މި ފިލްމަކީ އޯގަސްޓް މަހުގެ ތެރޭގައި ރިލީޒް ކުރުމަށް ތާވަލް ކޮށްފައިވާ ފިލްމެކެވެ.
ސަރްމީލާގެ އިތުރުން ފިލްމުގައި މަނޯޖް ބަޖްޕަޔީ، ސޫރަޖް ޝަރްމާ، އަމޯލް ޕަލޭކަރާއި ސިމްރަން ބައްގާ ފެނިގެންދާނެއެވެ.
This one stands out…looking forward to the Batra's this Aug 2022 in “GULMOHAR” ???????????? @foxstarhindi @BajpayeeManoj@rahulchittella @sharmilatagore @SimranbaggaOffc #kaveriseth #arpitaaggrawal @Utsavijhamusic @iamsurajsharma_ @SiddKhoslaMusic @chalkboardfilms pic.twitter.com/HK9Y94RKMc
— Girish Johar (@girishjohar) May 10, 2022
އުމުރުން 75 އަހަރުގެ ޝަރްލީގެ މަގުބޫލު ފިލްމް ތަކުގެ ތެރޭގައި "އަރާދަނާ" އާއި "ޗުޕްކޭ ޗުޕްކޭ" އާއި "އަމަރް ޕްރޭމް" އަދި "މޯސަމް" ފަދަ ފިލްމުތައް ހިމެނެއެވެ.
މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާންގެ މަންމަ އަދި އެކްޓްރެސް ކަރީނާގެ މައިދައިތަ ބުނި ގޮތުގައި މިހާ ދުވަސް ފަހުން ވެސް ފިލްމީ ދާއިރާގެ މަސައްކަތުގައި ހޭދަކުރުމަކީ ލިބުނު އުފަލެއް ކަމަށެވެ.