ޝުޖާގެ ސުވާލެއް: ޖަލައްލީ ހަތިމު ހިފައިގެން ކިޔަވަން ތިއްބައިތޯ؟

ޝުޖާގެ ސުވާލެއް: ޖަލައްލީ ހަތިމު ހިފައިގެން ކިޔަވަން ތިއްބައިތޯ؟

Author
މުޙައްމަދު ޖިމީ
11 މެއި 2022 03:49
0

އެންމެން ޖަލައްލީ ވާހަކަ ދައްކަވަނީ ޖަލައްލީ ހަތިމު ހިފައިގެން ކިޔަވަން ތިއްބައިތޯ މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ސުވާލުކުރައްވައިފިއެވެ.

ޝުޖާ ސުވާލު ކުރައްވާފައިމިވަނީ، ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް މައުމޫން ޖަލަށް ލެއްވި ގޮތާއި ގުޅޭގޮތުން ރައީސް ޔާމީންވާހަކަފުޅު ދެއްކެވުމާއިި ގުޅިގެން ބައެއް ފަރާތްތަކުން ދެއްވާ ރައްދާއި ގުޅިގެންނެވެ. ޝުޖާޢު ވަނީ ޖަލަށްލީ ވާހަކަދައްކާއިރު އެންމެން ޖަލައްލީ ހަތިމު ހިފައިގެން ކިޔަވަން ތިއްބައިތޯ ސުވާލުކުރައްވާފައެވެ. އަދި ޤާނޫނީ ގޮތުން އުފެދިފައޮތް ވެރިކަމެއް ހަރާމް ބަގާވާތެއްގެ ތެރެއިން ވައްޓާލަން އުޅުނުކަމެއް ނުދެނެހުރީމުތޯވެސް ސުވާލުކުރެއްވިއެވެ. އަދި މިއަދު އިދިކޮޅުން އުޅެނީ މިވެރިކަން ވައްޓާލަންވެސް ނޫންކަމަށްވެސް ޝުޖާ ވިދާޅުވިއެވެ.

ލިމާލޭ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް ޕީޕިއެމްގެ ޓިކެޓްގައި ވާދަކުރާ ފާތިމަތު ނާޒިމާގެ ކެމްޕޭން ޖަލްސާގައި ރައީސް ޔާމީން ވިދާޅުުވީ، ސީޕީ ހަމީދުވެސް ޖެހޭނީ ގެއަށް ދާން ކަމަށާއި، ނޫނީ ޖެހޭނީ ދިގު މުއްދަތުގައި ޖަލުގަ ހޭދަކުރަން ކަމަށެވެ. ރައީސް ޔާމިން ވިދާޅުވީ، ހާލަތު ބަދަލު ނުވާނެކަމުގައި ބަޔަކު މީހުން ހީކުރި ނަމަވެސް ހާލަތު ބަދަލު ވާނެކަމަށާއި، ﷲގެ ނިންމެވުމަށް ގޮންޖެހޭނެ އެއްވެސް ބަޔަކު ނޫޅޭނެ ކަމުގައެވެ.

ސުޕްރިމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ސުޕްރިމް ކޯޓުގެ ފަނޑިޔާރުކަމަށް ވަަޑައިގެންނެވީ އަމިއްލަފުޅު އެއްވެސް ގާބިލްކަމެއް ހުރެގެން ނޫން ކަމަށާއި، "ތިން ހަތަރު ޖަމްޕު ޖައްސަވާފ" ސުޕްރިމް ކޯޓުގެ ފަނޑިޔާރުކަމަށް ވަޑައިގެންނެވީ އެމަކިފްނާށް ހުކުމް ކުރައްވައިގެން އޭގެ ބަދަލެއްގެ ގޮތުގައި ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ. އަދި ރައީސް ޔާމިން ވިދާޅުވީ އަލީ ރަޝީދަށް ސުޕްރިމް ކޯޓުގެ ބެންޗުގައި ނީދެވެނޭ ކަމަށް އަލީ ރަޝީދަށް އަލީ ރަޝީދަށްވެސް ވިސްނެވާނެ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބޭބެ
ކަލޯ ސުޖާއޫ ތިބޭފުޅާ ތިިހުރީބޮލުރޮދިކެނޑިފަދޯ؟