ޑަބްލިއުއެސްއޭ އިން ކުރިއަށްގެންދިޔަ ބީޗް ހޭންޑް ބޯލް މުބާރާތެއްގެ ތެރެއިން - ފޮޓޯ: ޑަބްލިއުއެސްއޭ

މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުޅުދުއްފުށި ސިޓީގައި ހޭންޑް ބޯލް މުބާރާތެއް

މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުޅުދުއްފުށި ސިޓީގައި ހޭންޑް ބޯލް މުބާރާތެއް

ޑަބްލިއު ސްޕޯޓްސް އެކަޑެމީ އިން، ޔޫތު މިނިސްޓްރީގެ ދަށުން ހިންގާ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމާ ގުޅިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ހޭންޑް ބޯލް މުބާރާތެއް ބާއްވަން ނިންމައިފި އެވެ.

"ޑަބްލިއުއެސްއޭ ހޭންޑް ބޯލް ބެޓަލް 2020″ގެ ނަމުގައި ބާއްވާ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހު 25 ވަނަ ދުވަހުން ފެށިގެން ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގަ އެވެ. މުބާރާތުގައި ބައިވެރިވާން ބޭނުން ޓީމުތަކަށް މި މަހު 15 ވަނަ ދުވަހުގެ 22:00 ގެ ނަޔަލަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ. މީގެ އިތުރުން ޓީމް ލިސްޓް ހުށައެޅުމަށް މިމަހު 20 ވަނަ ދުވަހުގެ 22:00 ގެ ނަޔަލަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.

މި މުބާރާތުގައި 6 ޓީމަށްވުރެ އިތުރަށް ބައިވެރި ވެއްޖެ ނަމަ މުބާރާތް ކުޅުމަށް ހަމަޖެހިފައި ވަނީ ގްރޫޕް އުސޫލުން ކަމަށް އިންތިޒާމު ކުރާ ފަރާތުން ބުނެއެވެ. އަދި 6 ޓީމަށްވުރެ މަދުން ބައިވެރި ވެއްޖެނަމަ މުބާރާތް ކުރިއަށް ގެންދާނި ލީގު އުސޫލުން ނެވެ.

ޑަބްލިއުއެސްއޭ އިން ކުޅުދުއްފުށީގައި މީގެ ކުރިން މުޅިންވެސް ބާއްވާފައި ވަނީ ބީޗް ހޭންޑްބޯލް މުބާރާތްތަކެވެ. މިއީ އާންމު ހޭންޑް ބޯލް މުބާރާތެއް އެ އެކަޑަމީން ބާއްވަ ފުރަތަމަ ފަހަރެވެ.

މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް 9955900 ނަންބަރުން އިތުރު މަޢުލޫމާތު ލިބޭނެ ކަމަށް ޑަބްލިއުއެސްއޭ އިން ބުނެއެވެ.

ޑަބްލިއު ސްޕޯޓްސް އެކަޑެމީ އަކީ ކުޅުދުއްފުށި ސިޓީގައި ގިނަ ކުޅިވަރު މުބާރާތަކެއް އިންތިޒާމު ކުރަމުން ގެންދާ އެކަޑަމީއެކެވެ. އެގޮތުން ބެޑްމިންޓަން، ވޮލީ، ބާސްކެޓް ބޯލް އަދި ނެޓް ބޯލް މުބާރާތްތައްވެސް މީގެ ކުރިން ވަނީ ބާއްވާފައެވެ. މީގެ އިތުރުން މިދިޔަ އަހަރު އެ އެކަޑަމީން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުޅުދުއްފުށީގައި ބޭއްވި ބީޗް ގޭމްސް އަކީ ފާހަގަ ކޮށްލެވޭ ހަރަކާތެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *