ގދ.ގައްދޫ ބަނދަރުގެ ޢަމީ މަސައްކަތް ފެށުމަށް އެމްޓީސީސީން ސައިޓް މޮބިލައިޒްކޮށްފިއެވެ. އެކުންފުނިން ބުނީ ގދ. ގައްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި،މިމަހުގެ 7ގައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވާކަމަށެވެ.
ގދ. ގައްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، 07 މެއި 2022 ގައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފި.#MTCCProjects #RayyithungeKunfuni pic.twitter.com/cEId0zEMfx
— MTCC Plc (@MTCCPlc) May 9, 2022
ގައްދޫ ބަނދަރު ހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެތެރޭގައެވެ. މި މަސައްކަތުގައި ބަނދަރުގެ އެއްގަމު ތޮށި މުޅިން މަރާމާތުކުރުން ހިމެނެއެވެ. އެއީ 320 މީޓަރުގެ އެއްގަމު ތޮށްޓެވެ. މީގެއިތުރުން 232 މީޓަރުގެ ބޭރު ތޮށި ލުމާއި، 35 މީޓަރުގައި ރިވެޓްމަންޓްޖެހުން ހިމެނެއެވެ. ބަނދަރު ހަދަނީ އެއްގަމު ތޮށްޓާއި ބޭރުތޮށި ގުޅާލުމަށް ކުޑަ ބްރިޖަކާއެކުއެވެ. އެއީ 26މީޓަރު ދިގު، 2 މީޓަރު ފުޅާ ބްރިޖެކެވެ.
މީގެއިތުރުން 1600 އަކަމީޓަރުގެ ސަރަޙައްދުގައި ޕޭމަންޓް ހެދުމާއި ރޭގަނޑުވެސް ބަނދަރު ފަސޭހައިން ބޭނުން ކުރެވޭނެހެން އަލިކުރުމަށް ބަނދަރުގައި ބަނދަރުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް، (އީއައިއޭ)ގެ މަސައްކަތްތައް ހިމެނެއެވެ.
މި މަސައްކަތް ޙަވާލުކޮށްފައިވަނީ 1އަހަރުން ނިންމާގޮތަށް، 38.41 މިލިއަން ރުފިޔާއަށެވެ.
ކޮމެންޓު ފޮނުވާ