މާލޭގެ ގިނަ މަގުތަކަކަށް މިއަދު ހަވީރުވެސް "އިންޑިއާ އައުޓް" ކަރުދާސް އަޅައިފިއެވެ.
ޤައުމުތަކާމެދު ނަފްރަތު އުފެދޭ ޢަމަލުތައް ހުއްޓުވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޝާލިޙް ރިޔާސީ ޤަރާރެއް ނެރުއްވާފައިވަނިކޮށް، އިންޑިއާ އައުޓް ހަރަކާތް ކުރިއަށް ގެންގޮސް، އެންމެ ފަހުން މަގުތަކަށް އިންޑިއާ އައުޓް ލިޔެފައިވާ ކަރުދާސް އަޅަން ފަށަފައިވަނީ މީގެ ދެތިން ދުވަސް ކުރިންނެވެ. ކަރުދާސް އަޅަނީ ކޮންބައެއްކަމެއް ނޭނުގު ނަމަވެސް ކަރުދާސްތައް މަގުމައްޗަށް އަޅާ މައްސަލަ ބަލާކަކަށް ފުލުހުން ވަނީ ބުނެފައެވެ.
މިއަދުވެސް އިންޑިއާ އައުޓް ލިޔެފައިވާ ކަރުދާސްތައް މާލޭގެ އެކި ސަރަހައްދުތަކަށް އަޅާފައިވެއެވެ. އިންޑިއާ އައުޓް ހަރަކާތް ހުއްޓާލުމަށް ރައީސް ނެރުއްވާފައިވާ ޤަރާރަށް ގޮންޖަހައި އިދިކޮޅުން އަންނަނީ އެ ހަރަކާތް ފުޅާކުރަމުންނެވެ.
@narendramodi @PMOIndia @BJP4India @Raajje_tv @raajjemv @MDPSecretariat @mvpeoplesmajlis @unGa @abdulla_shahid @AJEnglish @IndianDiplomacy @indian @IndiaTimes_Com @BBCWorld @BBCPolitics @BBCHindi #IndiaOut #DefendMaldives #SaveMaldives https://t.co/aqFMi4LhMC
— ::TwoZeroTwoThree #IndiaOut (@RYTwo0Two3) May 8, 2022
މިގޮތުން ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ގަރާރަކުން އިންޑިއާއުޓް ބެނާރތައް ދެމުމާއި، އިންޑިއާ އައުޓު ހަރަކާތް ކުރިޔަށް ގެންދިއުން މަނާކޮށް، ރައީސް ޔާމިންގެ ގެކޮޅުގައި ދަމާފައިހުރި އިންޑިއާ އައުޓު ބެނާރ ފުލުހުން ނަގާފައިވަނިކޮށް، ރައީސް ސާލިހު ނެރުއްވި ރިޔާސީ ގަރާރަށް ގޮންޖަހާ، "އިންޑިއާ"ގެ ނަމުގެ އަކުރުތައް ބަދަލުކޮށްގެން އަލުން މާލޭގައި އިންޑިއާ އައުޓް ބެނަރ ދަމާފައިވެއެވެ. އަކުރައް ބަދަލުކޮށްގެންވެސް ބެނަރ ދެމުމުން ފުލުހުން ވަނީ އެ ބެނާރވެސް ނަގާފައެވެ.
އިދިކޮޅު ފަރާތްތަކުން ހިންގާ "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައަޅާ އެކަން ތަންފީޒުކުރުމަށް ދައުލަތުގެ އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ އަންގާފައިވެއެވެ.
ރައީސުލްޖުމުހޫރިއްޔާގެ ގަރާރަކުން އިންޑިއާ އައުޓު ބެނަރ ދެމުން މަނާ ކޮށްފައިވީނަމަވެސް، އިދިކޮޅު ޕީޕީއެމްއިން ބުނެފައިވަނީ، ގާނޫނު އަސާސީން ލިބިދީފައިވާ ޚިޔާލު ފާޅުކުރުމުގެ ހައްގު ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ނިގުޅައި ނުގަނެވޭނެ ކަމަށާއި، އިންޑިއާއައުޓު ހަރަކާތް ކުރިޔަށް ގެންދާނެ ކަމަށެވެ.
އިންޑިއާ އައުޓު ހަރަކާތަކީ، ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމްވެ ތިބުމާއި ދެކޮޅަށް ޕީޕީއެމްއިން އިސްނަގައިގެން ކުރިޔަށް ގެންދާ ހަރަކާތެކެވެ. އަދި މި ހަރަކާތުގެ އެންމެ އިސް ބޭފުޅެއްގައި ގޮތުގައި ރައީސް ޔާމިން ހަރަކާތްތެރި ވެވަޑައިގަންނަވަމުން ގެންދަވާއިރު، އެމަނިކްފާނު ޖަލުން މިނިވަންވުމަށްފަހު މިހަރަކާތައް އާދިރުމެއް އައިސްފައިވެއެވެ. އަދި އެއަށްފަހު، މިހަރަކާތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކޮށް، ފަހަކަށް އައިސް ޕީޕީއެމްއިން ވަނީ، މިހަރާކާތް ހިންގުމަށްޓަކާ ރާއްޖެތެރޭގެ ގިނަ ރަށްތަކަކަށް ދަތުރު ކޮށްފައެވެ.
މިދަތުރުތަކުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށާއި، ސަރުކާރުން ހިންގާ ނޭދެވޭ ކަންކަމުގެ މައުލޫމާތުވެސް ޕީޕީއެމްއިން ދަނީ ރަށްރަށުގެ ރައްޔިތުންނާއި ހިއްސާ ކުރުމުންނެވެ. އަދި އިންޑިއާ އައުޓު ޕެޓިޝަންގައި ސޮއިކުރުމުގެ މަސައްކަތްވެސް މި ދަތުރުތަކުގައި ޕީޕީއެމްއިން ކުރިޔަށް ގެންގޮސްފައި ވެއެވެ.
ކޮމެންޓު ފޮނުވާ