ލޮނު މާގިނައިން ބޭނުން ނުކުރޭ، ވަރަށް ގެއްލުން ބޮޑު

ލޮނު މާގިނައިން ބޭނުން ނުކުރޭ، ވަރަށް ގެއްލުން ބޮޑު

Author
ފާތިމަތު ނާވީ
11 މެއި 2022 06:32
0

ކާ އެއްޗެހީގެ ރަހަ ހެޔޮވަރު ވަނީ ލޮނުގެ ސަބަބުންނެވެ. ލޮނަކީ ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދެވޭ އެއްޗެކެވެ.

ލޮނު ހެޔޮވަރު ނޫންނަމަ އެ އެއްޗެއްގެ ރަހަ ނެތީކަމުގައި އެއްބަސްވާން ޖެހޭ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެނެވެ. ލޮނަކީ އަހަރުމެންގެ ދިރިއުޅުމުގައި ކޮންމެ ދުވަހަކުވެސް ބޭނުން ކުރާ، އެއާނުލައި ނޫޅެވޭ ވަރުގެ އެއްޗެއް ކަމުގައި ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

ނަމަވެސް ލޮނަކީ ތި ހީކުރާ ވަރަށް ވުރެ ނުރައްކާ ބޮޑު އެއްޗެކެވެ. ވީ ވަރަކުން ބޭނުން ކުރުން މަދު ކުރަންވެސް ޖެހޭ އެއްޗެކެވެ.

ލޮނު އުފެއްދުމަށް ބޭނުން ކުރަނީ ދެ ކެމިކަލެކެވެ. އެއީ ސޯޑިއަމް އާއި ކޮލޮރައިޑްއެވެ. އަހަރެމެންގެ ހަށިގަނޑަށް ގެއްލުން ހުރީ ސޯޑިއަމް އިން ކަމަށް ދިރާސާ ކުރާ ބޭފުޅުން ވިދާޅުވެއެވެ.

އެގޮތުން އޮސްޓްރޭލިއާގައި ހަދައިފައިވާ ދިރާސާއެއްގައި ދައްކާ ގޮތުގައި ލޮނުބޭނުން ކުރުމުގެ ސަބަބުން ހައި ބްލަޑް ޕްރެޝަރ ނުވަތަ ހައިޕަޓެންޝަންއާ ކުރިމަތި ލާން ޖެހެއެވެ.

ހައި ބްލަޑް ޕްރެޝަރގެ ސަބަބުން ހިތުގެ ބައްޔާއި ސްޓްރޯކް އަދި އާންމު ރޯގާއަށް މަގު ހުޅުވިގެން ދެއެވެ. އަދި މީގެ އިތުރުން ކިޑްނީގެ ބަލިތަށްވެސް ޖެހެއެވެ.

މާ ގިނައިން ލޮނު ބޭނުން ކުރުމުގެ ސަބަބުން ލޭގަައި ސޯޑިއަމް ލެވެލް މަތިވެގެން ދެއެވެ. އެހެން ކަމުން ލޮނު ބޭނުން ކުރުން މަދު ކުރުން ބުއްދިވެރިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.