އިންޑިއާ ސިފައިންގެ މަނަވަރެއް ރާއްޖޭގައި އުޅޭކަމުގެ ތުހުމަތުތަކެއް ކުރަން ފަށައިފިއެވެ.
އިންޑިއާގެ މަނަވަރެއްކަމަށް ބުނާ އެ އުޅަނދު ހދ.އަތޮޅުންކަމަށް މަންޒަރުދުއްކަމަށް ބުނާ ބައެއް މީހުން ސޯޝަލް މީޑިއާގައި ބުނެފައެވެ. މިގޮތުން މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝްވެސް ވަނީ އިންޑިއާގެ މަނަވަރެއް ހަނިމާދޫ އިރުމަތީ ފަރާތުގައި ހަރަކާތްތެރިވާކަމަށް ތުހުމަތުކޮށްފައެވެ. އަދި އެ މަނަވަރުގައި ހެލިކޮޕްތަރު ޖެއްސޭކަމަށާއި، ހެލިކޮޕްޓަރުވެސް އެ ސަރައްދުގައި އުދުހޭކަމަށް ވިދާޅުވިއެވެ.
ހދ.އަތޮޅުގައި އިންޑިއާގެ މަނަވަރެއް އުޅޭކަމަށް ތުހުމަތުކޮށްފައިވާއިރު، އެ އަތޮޅު ހަނިމާދޫގައި އިންޑިއާ ސިފައިން ޤާއިމްވެތިބޭކަމަށް އިދިކޮޅުން ތުހުމަތުކުރެއެވެ. އަދި ހަނިމާދޫ އެއަރޕޯޓްގައިވެސް އިންޑިއާ ސިފައިން ހަރަކާތްތެރިވާކަމަށްވެސް އެރަށު ބައެއް މީހުން ބުނެއެވެ.
????ހަމަ މިވަގުތު ހަނިމާދޫ އިތުމަތީ ފަރާތުން ކަނޑުގައި އިންޑިއާގެ އަސްކަރީ މަނަވަރާއި ހެލިކޮޕްޓަރ ހަރަކާތްތެރި ވަނީ !@DhiyaresNews @dhidaily @DhenOnline @Ch13official @thevoice_mv @VaguthuOnline @Dhaurunews @avasmv @oneonlinemv @sunbrk pic.twitter.com/bplWwOSwJ0
— Ahmed Narysh (@ahmed_narysh) May 6, 2022
އިދިކޮޅުން ކުރާ ތުހުމަތުތަކަކީ ގިނަ ޢަދަދެއްގެ އިންޑިއާ ސިފައިން ރާއްޖޭގައި ޤާއިމްވެ ތިބުމެއެވެ. އަދި އިންޑިއާއެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުންތަކަކީ ރާއްޖޭގެ މިނިވަންކަމަށް އޮތް ނުރައްކަލެއްކަމަށްވެސް އިދިކޮޅުން ތުހުމަތުކުރެއެވެ. އިދިކޮޅުން އަންނަނީ އެކަމާއި ގުޅިގެން އިންޑިއާ އައުޓްގެ ނަމުގައި ޤައުމީ ހަރަކާތެއް ހިންގަމުންނެވެ. ނަމަވެސް އެއީ ޤައުމީ ސަލާމަތައް އޮތް ނުރައްކަލެއްކަމަށް ބުނެ ރައީސްގެ ރިޔާސީ ޤަރާރަކުން ވަނީ އެކަން ހުއްޓުވުމަށް އިދާރާތަކަށް އަންގާފައެވެ.
ކޮމެންޓު ފޮނުވާ