ރާއްޖެއާއި އިންޑިއާ އާއި އޮތް ސިޔާސީ ގުޅުމުގެ ތެރެއިން މިހާރު ފެންނަނީ ހަމައެކަނި އިންޑިއާގެ ސިޔާސަތު ހަމަށާއި، އެސިޔާސަތަކީ ރާއްޖެ އަޅުވެތި ކުރުމުގެ ސިޔާސަތެއް ކަމުގައި ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ "ނެއިބަރހުޑް ފަރސްޓް ޕޮލިސީ"ގެ ދަށުން ރާއްޖެއާއި އިންޑިއާއި އޮތް ސިޔާސީ ގުޅުމަށް މިއަދު އައިސްފައިވާ ބަދަލާއި ގުޅޭގޮތުން ކުރެއްވި ޓުވީޓެއްގައެވެ. ރައީސް ޔާމީން ވިދާޅުވީ އިންޑިއާ ފަސްޓް ޕޮލިސީއަކީ އެމަނިކުފާނުވެސް ތާއީދު ކުރައްވާ ޕޮލިސީއެއް ކަމަށެވެ. ނަމަވެސް މިއަދު މި ޕޮލިސީ ފެނިގެންދަނީ އިންޑިއާއަށް އެެކަނި އޭގެ ބާރު ހިންގޭ ޕޮލިސީއެއްގެ ގޮތުގައިކަމަށެވެ.
މިއަދު ފެނިގެންދަނީ ހަމައެކަނި އިންޑިއާ ސިޔާސަތެއް ކަމަށާއި އެެ ސިޔާސަތަކީ ޤައުމު އަޅުވެތި ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އިންޑިއާއާއި ރާއްޖެއާއި އޮތް ގުޅުމުގެ ތެރެއިން "ނެއިބަރހުޑް ފަރސްޓް ޕޮލިސީ"އަކީ ރާއްޖެއާއިއެކު ދަމަހައްޓަމުން އަންނަ ޒަމާންވީ ޕޮލިސީއެކެވެ.
The venerated “lndia First”is shimmering benevolence. “India ONLY” is sluttish subjugation
— Abdulla Yameen (@prz_ymn) May 6, 2022
ނަމަވެސް މިފަހަކަށް އައިސް އިންޑިއާއިން ރާއްޖޭގައި އަސްކަރީ މަރުކަޒުތަކާއި، ބޭސްތައް ގާއިމް ކުރުމަށް ކުރެވޭ މަަސައްކަތާއި ގިނަ އަދަދެއްގެ އިންޑިއާގެ އަސްކަރީ ސިފައިން ރާއްޖޭގައި ތިބުމަކީ ރައީސް ޔާމީން މި ޕޮލިސީއާއިމެދު އެންމެ ބޮޑަށް ސުވާލު އުފައްދާ ކަންކަމެވެ.
ރާއްޖެއާއި އިންޑިޔާއާ ދެޤައުމުން ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1965 ވަނަ އަހަރުގެ ނޮވެމްބަރު 1 ވަނަ ދުވަހުގައެވެ. އަދި، އިންޑިޔާއަކީ 1965 ވަނަ އަހަރު ޖުލައި 26 ވަނަ ދުވަހު ރާއްޖެއަށް މިނިވަންކަން ލިބުނުފަހުން ރާއްޖެއާއެކު ސިޔާސީ ގުޅުން ޤާއިމުކުރި ފުރަތަމަ ޤައުމުތަކުގެ ތެރެއިން ޤައުމެކެވެ.
ކޮމެންޓު ފޮނުވާ