ރައީސް ޞާލިހަކީ އޯގާތެރި، އިޚުލާސްތެރި ވެރިއެއް: ޝަރީފް

ރައީސް ޞާލިހަކީ އޯގާތެރި، އިޚުލާސްތެރި ވެރިއެއް: ޝަރީފް

Author
މުޙައްމަދު ޝަޒައިމް
06 މެއި 2022 02:24
0

ރައީސުލްޖުލްޖުމްހޫރިއްޔާ އަކީ އޯގާތެރި، އިޚްލާސްތެރި ވެރިއެއްކަމުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާއި އެއްގޮތަށް ޓީޗަރުންގެ މުސާރަ ބޮޑުކުރެއްވައި ގެންނެވި ހެޔޮ ބަދަލުތަކާއި ގުޅިގެންނެވެ. ޓީޗަރުންގެ މުސާރައަށް ގެނެސްފައިވާ ބަދަލާއި އެކު އެންމެ ދަށް ރޭންކުގެ ޓީޗަރަށް މުސާރައިގެ ގޮތުގައި ކުރިން 10889 ރުފިޔާ ލިބޭއިރު، މިހާރު މުސާރަ ވަނީ 22 އިންސައްތައަށް އިތުރުކޮށް، 13266 ރުފިޔާއަށް ބޮޑުވާނެއެވެ. އަދި އެންމެ މަތީ ރޭންކު ކަމުގައިވާ ރޭންކު 5 އިންސައްތައިގެ ޓީޗަރަކަށް މުސާރައިގެ ގޮތުގައި 25958 ރުފިޔާ ލިބޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޓީޗަރުންގެ މުސާރައަށް ގެނެސް ދެއްވާފައިވާ ހެޔޮ ބަދަލާއި ގުޅިގެން ޝަރީފް ވިދާޅުވީ މިއީ ދިވެހި ޤައުމަށް ރައްޔިތުންގެ މުސްގަބަލަށް ރައީސް ކުރެއްވި ބޮޑު އިންވެސްޓްމަންޓެއް ކަމަށެވެ. މިކަމުގެ ނަތީޖާ އާއި ފައިދާ ކުރާނީ ޤައުމަށް ކަމަށާއި، މާދަމާ ސްކޫލު ނިންމައި ޤައުމަށް ޚިދުމަތް ކުރަން ނިކުންނަ ކުއްޖާއަށް ރަނގަޅު ތައުލީމެއް ލިބިދިނުމަށް އެކަން ކުރާ މުދައްރިސުންނަށް ރަނގަޅު އުޖޫރައެއް ދިނުމަކީ މިކަމުން ބޮޑު ފައިދާއެއް ކުރާނެ ކަމެއްކަމަށް ޝަރީފް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހަކީ އޯގާތެރި ވެރިއެއް، ރައްޔިތުންގެ އިހުސާސްތައް ދެނެވަޑައިގަންނަވާ، އިޚުލާސްތެރި ރައީސެއް، ތި އިންވެސްޓް ކުރެއްވީ ޤައުމުގެ މުސްތަޤުބަލު ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރެއްވުމަށް.

– ޝަރީފް ވިދާޅުވިއެވެ.

ޓީޗަރުންގެ މުސާރައަށް ލިބިފައިވާ ކުރިއެރުން:

1- ޑިޕްލޮމާ ޓީޗަރަކަށް މިހާރު 10889 ލިބޭއިރު މި ބަދަލާ އެކު ޑިޕްލޮމާ ޓީޗަރެއްގެ މުސާރަ 13266 ރުފިޔާއަށް ބޮޑުވެއެވެ.
2- ޑިގްރީ ޓީޗަރަކަށް މިހާރު 13008ރ ލިބޭ އިރު މި ބަދަލާއެކު ޑިގްރީ ޓީޗަރެއްގެ މުސާރަ 19467 ރުފިޔާއަށް ބޮޑުވެއެވެ.
3- މާސްޓާސް ޓީޗަރަކަށް މިހާރު 15135ރ. ލިބޭ އިރު މި ބަދަލާއެކު މާސްޓާސް ޓީޗަރެއްގެ މުސާރަ 20895 ރުފިޔާއަށް ބޮޑުވެއެވެ.
4- އައު އޮނިގަނޑުގައި ޓީޗަރުންގެ 4 ވަނަ ރޭންކް ހިމަނާފައިވާއިރު، އެ ރޭންކުގެ ޓީޗަރެއްގެ މުސާރައަކީ 23277 ރުފިޔާއެވެ.
5- އަދި ރޭންކް 5ގެ ޓީޗަރެއްގެ މުސާރައިގެ ގޮތުގައި ހަމަޖައްސާފައިވަނީ 25958 ރުފިޔާއެވެ.

އެޑިއުކޭޝަން ޑިވެލޮޕްމަންޓު ޕްރޮފެޝަނަލުންނަށް ބަލާއިރު، އެންމެ ދަށް ރޭންކުގެ މުވައްޒަފަކަށްވެސް 20000 އަށްވުރެ ބޮޑު މުސާރައެއް ލިބޭނެކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެންމެ މަތީ ރޭންކުގެ މުވައްޒަފަކަށް 32218 ރުފިޔާގެ މުސާރައެއް ލިބޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

H HK
ތިހެންގާޒީންގެމުސާރައާއިއިނާއަތްތައްބޮޑުކުރީމަރައްޔިތތުމީހާއައްލިބުނުމޮޅެއްނެތޭ ޓެކުސްފައިސާބޭކާރުވަނީ