ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، އާޖެންޓީނާގެ ޑީއޭގޯ މަރަޑޯނާ، 1986ވަނަ އަހަރު، އިނގިރޭސިވިލާތް އެއަހަރުގެ ވާރލްޑްކަމުން ކެޓި މެޖުޗަގައި ލައިގެން ހުރި ޓީޝާރޓް ނީލަމުގައި ރެކޯޑް އަދަކަށް ވިއްކާލައިފިއެވެ. މި ޓީޝާޓު ނީލަމުގައި ވިއްކާލާފައިވަނީ، 7.1 މިލިއަން ޕައުންޑު (9.3 މިލިއަން އެމެރިލާ ޑޮލަރު) އަށެވެ.
މަރަޑޯނާ މި ޓީޝާޓު ލައިގެން، އިނގިރޭސިވިލާތާއި ދެކޮޅަށް ކުޅުނު މެޗްގައި އޭނާވަނީ އިނގިރޭސި ޓީމާއި ދެކޮޅަށް ދެ ގޯލު ޖަހާފައެވެ. މީގެ ތެރޭގައި، "ހޭންޑް އޮފް ގޯޑް"ގެ ނަމުން މަޝްހޫރުވެފައިވާ، އަތުން ޖަހާ އޭނާ އިގިރޭސި ގޯލަށް ބޯޅަ ވައްދާލާއިގެން އާޖެންޓީނާއަށް އޭނާ ކާމިޔާބު ކޮށްދިން ގޯލުވެސް ހިމެނެއެވެ.
އިނގިރޭސި ޓީމާ ދެކޮޅަށް، ކުއާރޓަރ ފައިނަލްގައި، ޖެހި މި ގޯލު، ފަހުން މަރަޑޯނާ ސިފަ ކޮށްފައިވަނީ، "މަރަޑޯނާގެ ބޮލުން ކުޑަކޮށް ޖައްސާލާ، އަތުންވެސް ކުޑަކޮށް ޖައްސާލާއިގެން" ޖެހި ގޯލެއްގެ ސިފައިގައެވެ. މި މެޗްގައި، އިނގިރޭސި ޓީމުގެ ޕެންލަޓީ އޭރިއާތެރޭގައި، މި ބޯޅައަށް މަރަޑޯނާއާއި އިނގިރޭސި ޓީމުގެ ގޯލް ކީޕަރު ޕީޓަރ ޝިލްޓްވެސް ފުއްމައިގެންފައިވަނި އެކީ ކަހަލަ ގޮތަކަށެވެ. އެހެންނަމަވެސް މަރަޑޯނާ ބޯޅަ އިނގިރޭސި ގޯލަށް ވައްދާލާފައިވަނީ، އޭނާގެ ވާތުން ބޯޅާގައި ޖައްސައިގެންނެވެ. އަދި މަރަޑޯނާ ބޯޅާގައި އަތުން ޖެއްސިތަން ރެފްރީއަށް ރަގަޅަށް ފެނިފައެއް ނުވެއެވެ. ރެފްރީ ނިންމީ މިއީ ގޯލެއް ކަމަށެވެ.
އިނގިރޭސިވިލާތުގެ ބޭއްވުނު މި ވޯލްޑްކަޕް މުބާރާތުގެ މި މެޗްގައި، އޭގެ މިނިޓްތަކެއް ފަހުން، އިނގިރޭސި ކުޅުންތެރިން ކަޓުވާލުމަށްފަހު އާޖެންޓީނާއަށް ދެވަނަ ގޯލެއްވެސް މަރަޑޯނާވަނީ ކާމިޔާބު ކޮށްދީފައެވެ. 2002 ވަނަ އަހަރު ނެގުނު ޚިޔާލު ހޯދުމުގެ ވޯޓެއްގައި، ދުނިޔޭގެ 150 ގައުމަކުން، 340،000 ފޭނުން ވޯޓު ދީގެން، މިއީ "ގަރުނުގެ ގޯލް"ގެ ގޮތުގައިވެސް ވަނީ ބަލައިގެންފައެވެ. މި ވާރލްޑްކަޕް މުބާރާތް އާޖެންޓީނާ ކާމިޔާބު ކޮށްފައި ވެއެވެ.
މަރަޑޯނާގެ މިޓީޝާޓު ފާއިތުވި 35 އަަހަރު އޮވެފައިވަނީ، އިންގްލޭންޑުގެ މިޑްފީލްޑަރ ސްޓީވް ހޯޖް އަތުގައެވެ. އޭނާއަކީ، މަރަޑޯނާ އަތުން ގޯލަށް ވައްދާލި ބޯޅަށް (ގަސްތަކާ ނުލާ) މަރަޑޯނާއަށް ފޯރުކޮށްދިން އިނގިރޭސި ކުޅުންތެރިޔާއެވެ. މި މެޗް ނިމުމާއެކު ދެކުޅުންތެރިންވަނީ ޓީޝާޓު ބަދަލު ކޮށްފައެވެ.
ފާއިތުވެދިޔަ 20 އަހަރު މި ޓީޝާޓު ލޯނެއްގެ ދަށުން، ބޭއްވިފައިވަނީ، މެންޗެސްޓަރގެ ފުޓުބޯޅަ ދާރުލްއާސާރެއްގައެވެ. އަދި އެއަށްފަހު މިޓީޝާޓު ނީލަމުގައި 7,142,500 ޕައުންޑަށް ވިއްކާލާފައިވަނީ މި ހަފްތާގެ ބުދަ ދުވަހުއެވެ. މިއީ ރެކޯޑު އަދަދެކެވެ. ޓީޝާރޓު ނީލަމުގައި ގަތް މީހަކު ހާމަ ކޮށްފައެއް ނުވެއެވެ.
މިހާތަނަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމުގައި ބެލެވޭ މަރަޑޯނާ މަރުވެފައިވަނީ، އުމުރުން 60 އަހަރުގައި، ހިތް ހުއްޓިގެން، 2020ވަނަ އަހަރުގެ ނޮވެމްބަރު މަހު، އާޖެންޓީނާގެ ޓައިގަރ ސިޓީގައެވެ.
1986 ވަނަ އަހަރުގެ ވޯލްޑްކަޕް އާޖެންޓީނާއަށް ކާމިޔާބު ކޮށްދިންފަހުން، އެގައުމުގައި މަރަޑޯއަކީ ބަތަލެއްކަމުގައި ގިނަބަޔަކު ދެކެއެވެ. އަދި މަރަޑޯނާއަށް އެންމެ ފަހުގެ އަލްވަދާއު ކިއުމަށް އޭނާގެ ޖަނާާޒާއަށް އާޖެންޓީނާގެ އެތައްހާސް ބަޔަކު އެއްވެފައި ވެއެވެ.