الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد:
ނެތި މޮށުން މިބަހުގެ މުރާދަކީ މީހަކު ނެތް ތަނުގައި އެމީހެއްގެ ނުބައި ވާހަކަ ދެއްކުމެވެ. ޝައްކެތްނެތް ގޮތުގައި މާތް ﷲ އިންސާނުންނަށް ދެއްވާފައިވާ ނިޢުމަތްތައް ގިނަގުނައެވެ. ގުނާ ޢަދަދު ނުކުރެވޭހާ ގިނައެވެ. މިއިންކޮންމެ ނިޢުމަތެއް ދެއްވި ކަމަށްޓަކައި މާތް ﷲއަށް ޙަމްދާއި ޝުކުރު ކުރަންޖެހެއެވެ. އެގޮތުން އެއިން ކޮންމެ ނިޢުމަތެއްގެ ބޭނުން ކުރަންވާނީ އެކަލާނގެ ރުހިވޮޑިގެންވާ ގޮތުގެ މަތިންނެވެ.
މިގޮތުން އިންސާނުންނަށް ދެއްވި އެއް ނިޢުމަތަކީ ދުލުގެ ނިޢުމަތެވެ. އިންސާނުން ހިތުގައި އުފެދޭ ޝުޢޫރުތައް ބޭރުކުރުމަށް، ކާބޯތަކެތީގެ ރަހަބެލުމަށް ދޫ ދެއްވިއެވެ.
އެކަލާންގެ ވަޙި ބަސްފުޅުގައިވެއެވެ. ﭽﮘﮙﮚﮛﮜﮝﮞﮟﭼالبلد: ٨ – ٩ މާނައަކީ: "ތިމަން ﷲ އެއިންސާނާ އަށް ދެލޯ ނުދެއްވަމު ހެއްޔެވެ. އަދި ދުލަކާއި ދެތުންފަތެވެ".
އީމާންކަމާއި ކުފުރު ތަފާތުކޮށްދެނީ ދުލުން ބުނާބަހަކުންނެވެ. އިންސާނާ ސުވަރުގެވަންތަ ވެރިއަކަށްވުމާއި ނުވުން ގުޅިފައިވަނީ ދުލާއެވެ. ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (إنالعبدليتكلمبالكلمةمايتبينفيهايزلبهاإلىالنارأبعدمابينالمشرقوالمغرب) މާނައަކީ: "އަޅާ ތެދުދޮގު ބެލުމެއްނެތި ވާހަކަ ދެއްކުމުގެ ސަބަބުން ނަރަކައަށް ވައްޓައިލެވެއެވެ". އެހެންކަމުން މިދޫ ރައްކާތެރިކުރަން އެބަޖެހެއެވެ. އެކަން ނުކުރެވިއްޖެނަމަ އެމީހަކު ނަރަކައިގެ އަލިފާންގަނޑުގެ ތެރެއަށް ވައްޓައިލެވެއެވެ. އަދި ދޫ ފުރިހަމަ ގޮތުގައި ރައްކާ ކުރެވިއްޖެނަމަ އެމީހަކަށް ސުވަރުގެލިބޭނެ ކަމުގެ އުފާވެރި ޚަބަރު ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމްވަނީ ދެއްވާފައެވެ.
ޙަދީޘް ކުރެއްވިއެވެ. (منيضمنليمابينلحييهومابينرجليهأضمنلهالجنة)، މާނައަކީ: "އެމީހެއްގެ ދެކޯ ދޭތެރޭގައިވާ ތަނާއި (އަނގަ)، ދެފައިދޭތެރޭގައިވާތަން (ފަރުޖު)، ރައްކާތެރިކުރާނެ ކަމުގެ ގެރެންޓީ ދީފި މީހަކަށް ސުވަރުގެ ލިބޭނެކަމުގެ ގެރެންޓީ ތިމަންކަލޭގެފާނު ދެއްވަމެވެ".
މުޢާޛް ބިން ޖަބަލު ރަޟިޔަﷲ ޢަންހު އަށް ކީރިތި ރަސޫލާ ޞައްލަﷲ އަލައިހިވަސައްލަމް އެކިވައްތަރުގެ ހެޔޮކަންތައްތައް ބުނެދެއްވުމުން މުޢާޛް ސުވާލު ދެންނެވިއެވެ. ތިމަން ކަލޭގެފާނަށް ސުވަރުގެއަށް ވަދެވި ނަރަކައިން ދުރުހެލިވާނެ ކަމެއް ދަސްކޮށްދެއްވާށެވެ. ޙަދީޘް ކުރެއްވިއެވެ. "ހުރިހާ ހެޔޮކަމެއްގެ މައިގަނޑު ބުނެދެއްވަން ހެއްޔެވެ". މުޢާޛް ދެންނެވިއެވެ. "އާދޭހެވެ"، އެހިނދު ކީރިތި ރަސޫލާ ޞައްލަﷲ އަލައިހިވަސައްލަމަ އެކަލޭގެފާނުގެ ދޫކޮޅުގައި ހިއްޕަވައި ޙަދީޘް ކުރެއްވިއެވެ. "މިއެތި ހިފަހައްޓާށެވެ"، އެހިނދު މުޢާޛް ދެންނެވިއެވެ. "އަހަރުމެން ދައްކާ ވާހަކައެއްގެ ސަބަބުން ފާފަ ލިބޭތޯއެވެ؟"، ޙަދީޘް ކުރެއްވިއެވެ. "މީސްތަކުން މޫނުވަތަށް ނަރަކައަށް ވައްޓައިލެވެނީ އެމީހުންގެ ދުލުން ބޭރުކުރި ބަސްތަކެއްގެ ސަބަބުން ނޫން ކޮން ކަމަކުން ހެއްޔެވެ؟!".
ދޫ ރައްކާތެރި ކުރުމަކީ އީމާންކަމާއި ގުޅިފައިވާ ކަމެކެވެ. ޙަދީޘް ކުރެއްވިއެވެ، (منكانيؤمنباللهواليومالآخرفليقلخيراأوليصمت) މާނައަކީ: "ﷲ އާއި އާޚިރަތް ދުވަހަށް އީމާންވާމީހާ ހެޔޮބަސްބުނާހުށިކަމެވެ. ނޫންނަމަ ހަނު ހުންނާށެވެ".
އަޅުގަޑުމެންގެ ކަންތައް ހުންނަގޮތާއި މެދު ނަޘަރު ހިންގާލައިފި މީހަކަށް ޢަޖައިބު ކަންތައްތަކެއް ފެނިގެން ދެއެވެ. މީސްތަކުން ދުލާއިމެދު ކުޑަވެސް ފަރުވާތެރިކަމެއް ބަހައްޓާތަނެއް ނުފެނެއެވެ. ޙަގީގަތާއި ޚިލާފުވާހަކަ ދެއްކުމާއި، ޣީބަ ބުނުމާއި، ދެބަ އޮޑުވުން ފަދަ ނުރައްކާތެރި ކަންތައްތައް އަޅުގަޑުމެންގެ މުޖްތަމަޢުގައި ޢާއްމުވެފައިވަނީ ބިރުގަންން ދަރަޖައަށެވެ. މިކަމަކީ ކިހާވަރެއްގެ ނުރައްކާތެރިކަމެއް ކަމާއިމެދު ކުޑަކޮށްވެސް ވިސްނާނުލައެވެ. ދުލުންބޭރުކުރާ ކޮންމެ ލަފްޡަކީ ރަގީބް އާއި ޢަތީދް ލިޔުއްވާނެ އެއްޗެއްކަމާއިމެދު ވިސްނައިނުލައެވެ.
ﭽﭪﭫﭬﭭﭮﭯﭰﭱﭲﭼق: ١٨ މާނައަކީ: "އޭނާގެ ދުލުންބޭރުކުރާ ކޮންމެ ބަހެއް ރަގީބް އާއި ޢަތީދް ލިޔުއްވައެވެ".