17 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ޓްރެފިކްކުރި ދިވެއްސަކު ހައްޔަރުކޮށް 15 ދުވަހަށް ބަންދުކޮށްފި

17 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ޓްރެފިކްކުރި ދިވެއްސަކު ހައްޔަރުކޮށް 15 ދުވަހަށް ބަންދުކޮށްފި

Author
އަހުމަދު
08 ސެޕްޓެމްބަރ 2026 07:53
0

ރާއްޖެއަށް 17 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކްކުރި ކަމުގެ ތުހުމަތުގައި 29 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް، 15 ދުވަހަށް ކަސްޓޯޑިއަލް ޖަލުގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.

ކޯޓު އަމުރުގައި ބުނެފައި ވަނީ ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށާއި، އޭގެ ތެރޭގައި އިންޓެލިޖެންސް ރިޕޯޓާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 17 ކިލޯއަށްވުރެ ގިނަ އެއްޗެހި ފެނިފައިވާ ކަމުގެ ހެކި ހިމެނޭ ކަމަށެވެ. މީގެ އިތުރުން ގއ. މާމެންދޫގެ ދެ ގެއެއް ބަލައި ފާސްކުރި ފޮޓޯ ރިޕޯޓާއި، މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ޒާތުގެ ތަކެތި ފެނިފައިވާ ކަމަށް ވެސް އަމުރުގައި ބުނެފައިވެއެވެ.

ކޯޓުން ފާހަގަކުރި ގޮތުގައި، ހައްޔަރުކުރި މީހާއަކީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހެއް ކަމަށް ބެލެވޭ އިރު، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ރެކޯޑް އޮތް މީހެކެވެ. މީގެ ކުރިން ވެސް އޭނާގެ މައްޗަށް ތުހުމަތުކުރެވިފައި ވަނީ ބޮޑެތި އަދަދުތަކަށް މަސްތުވާތަކެތި ޓްރެފިކްކުރުމުގެ މައްސަލަތަކުގައި ކަމަށާއި، ކުށުގެ އަމަލު ހިންގުމުގައި ދާދި އެއްގޮތް ގޮތަކަށް އަމަލުކޮށްފައިވާ ކަމަށް ވެސް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.