"ކޮފީ ވިތު ކަރަން" މީގެފަހުން އޮންލައިން ޕްލެޓްފޯމުން!

"ކޮފީ ވިތު ކަރަން" މީގެފަހުން އޮންލައިން ޕްލެޓްފޯމުން!

Author
ޢަލީ އާދަމް
06 މެއި 2022 07:05
0

މަޝްހޫރު ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ ކަރަން ޖޯހަރް ހުށައަޅައިދޭ ޝޯ "ކޮފީ ވިތު ކަރަން"ގެ 7 ވަނަ ސީޒަން ޖޫން މަހުގެ ތެރޭގައި ގެނެސްދޭން ފަށާނެ ކަމަށް ދާދިފަހުން ރިޕޯޓުތައް ވަނީ ބުނެފައެވެ.

ނަމަވެސް މީގެކުރިން ޓީވީން ގެނެސްދިން މިޝޯ މީގެފަހުން އެއްވެސް ޓީވީ ޗެނަލަކުން ނުދައްކާނެ ކަން ކަރަން ވަނީ އިއުލާންކޮށްފައެވެ.

2004 ގައި ގެނެސްދޭން ފެށި މި ޝޯގެ މިހާތަނަށް ގެނެސްދީފައިވަނީ ސްޓާ ވޯލްޑް އިންޑިއާ އިންނެވެ. އެގޮތުން މިހާތަނަށް 6 ސީޒަނެއް ގެނެސްދިން އިރު އެންމެ ފަހު ސީޒަން ގެނެސްދިނީ 2019 ގައެވެ.

 

View this post on Instagram

 

A post shared by Karan Johar (@karanjohar)

 

ޓީވީ އިން މީގެފަހުން މި ޝޯ ނުފެންނާނެކަން ހާމަކުރަމުން ކަރަން ބުނީ މި ޝޯގެ 7 ވަނަ ސީޒަން ގެނެސްދިނުމަށް ހަމަޖެހިފައިވަނީ އޮންލައިން ޕްލެޓްފޯމް ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ކަމަށެވެ.

ޝޯގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރި ނަމަވެސް ޝޯ ސްޓްރީމް ކުރަން ފަށާނެ ތާރީހެއް އަދި ހާމައެއް ނުކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.