5،000 އަށްވުރެ ގިނަ ދަރިވަރުންނާއެކު އޯލެވެލް އިމްތިހާން ފަށައިފި

5،000 އަށްވުރެ ގިނަ ދަރިވަރުންނާއެކު އޯލެވެލް އިމްތިހާން ފަށައިފި

Author
މުޙައްމަދު ޝަޒައިމް
04 މެއި 2022 11:36
0

މިއަހަރުގެ އޯލެވެލް އިމްތިހާނު 5000 އަށްވުރެ ގިނަ ދަރިވަރުންނާއެކު މިއަދު ފަށައިފިއެވެ.

އޯލެވެލް އިމްތިހާނު ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއަހަރުގެ އިމްތިހާނުގައި ރާއްޖޭގެ 239 ސެންޓަރަކާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ބެލުމުގެ ދަށުން ސްރީލަންކާގައި ހުންނަ މޯލްޑިވްސް ކަލްޗަރަލް ސެންޓަރުގައާއި އަދި މެލޭޝިޔާގައި ހުންނަ މޯލްޑިވްސް ސެންޓަރުގައި އޯލެވެލް އިމްތިޙާނު ކުރިއަށްދާނެކަމަށް އެޑިއުކޭޝަނުން ވިދާޅުވެއެވެ. މިގޮތުން މިއަހަރުގެ އިމްތިޙާނުގައި ޖުމްލަ 5939 ދަރިވަރުން އިމްތިޙާނު ހެދުމަށް ހަމަޖެހިފައިވާކަމަށް އެޑިއުކޭޝަނުން ވިދާޅުވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން އިމްތިޙާނު ހަދާ ސެންޓަރުތަކަށް ޕޭޕަރުތައް ފޮނުވުމުގެ މަސައްކަތް ފަށާފައެވެ. އޯލެވެލް އިމްތިހާނުގެ އާޓް އެންޑް ޑިޒައިން ޕޭޕަރު ދަރިވަރުންވަނީ މިދިޔަ މަހުގެ 13 އަދި 14 ވަނަ ދުވަހު ހަދާފައިކަމަށް އެޑިއުކޭޝަނުން ވިދާޅުވެއެވެ. އެގޮތުން މިދެދުވަސްމަތިން ރާއްޖޭގެ އެކި ސެންޓަރުތަކުން 181 ދަރިވަރަކުވަނީ އިމްތިޙާނު ހަދާފައެވެ.

ކޯވިޑްއާއި ގުޅިގެން މިވޭތުވެދިޔަ ދެއަހަރު ތެރޭގައި ބައެއް އިމްތިޙާނުތައް ވަނީ ފަސްކޮށްފައެވެ. އަދި އިމްތިޙާނުތައް ބޭއްވިއިރު ބާއްވާފައިވަނީ ކޯވިޑްގެ ޙާލަތާއި ގުޅޭގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގައެވެ. މިގޮތުން މިއަހަރުވެސް އިމްތިޙާނު ދުވަސްވަރު ކޯވިޑަށް ޕޮޒިޓިވްވާ ދަރިވަރުންނަށް ޚާއްސަ އިމްތިޔާޒުތަކެއްގެ ތެރެއިން އިމްތިޙާނުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެކަމަށް އެޑިއުކޭޝަނުން ވިދާޅުވެއެވެ.

2021 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ނިންމާލުމަށް ތަޢުލީމީ ދާއިރާއިން ތައްޔާރުވަމުން އަންނައިރު މިއަހަރުގެ ކިޔެވުންފަށާފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓްމަހުގެ 10 އެއްގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.