ކޮންޓްރޯލެއް ނެތި މިފްކޯއިން މަސް ގަންނަން ފަށައިފި

ކޮންޓްރޯލެއް ނެތި މިފްކޯއިން މަސް ގަންނަން ފަށައިފި

Author
މުޙައްމަދު ޝަޒައިމް
30 އޭޕްރިލް 2022 10:57
0

މިހާރު އެއްވެސް ކޮންޓްރޯލެއްނެތި މަސްކިރުވޭނެކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް، މިފްކޯއިން ބުނެފިއެވެ.

މިއަހަރުގެ މާރިޗުމަހުގެ މެދުތެރެއިން ފެށިގެން ދެކުނުގެ މަސްވެރިކަން އާދަޔާ ޚިލާފަށް ރަނގަޅުވެ، އެއްފަހަރާ ގިނަ ދޯނިފަހަރުތަކެއް ސެންޓަރުތަކާއި ބޯޓުފަހަރަށް މަސްކިރުވަމުން ގޮސްފައިވާތީ މިފްކޯގެ ފްރީޒިންގ ކެޕޭސިޓީއަށް ވުރެ އިތުރަށް މަސްލިބެމުން ގޮސްފައިވާކަން މިފްކޯއިންވަނީ މީގެ ކުރިން ފާހަގަކޮށްފައެވެ. މިކަމާގުޅިގެން އޭޕްރީލް 6 ވަނަ ދުވަހުން ފެށިގެން މިފްކޯއިން ވަނީ މަސްކިރުން ކޮންޓްރޯލްކޮށްފައެވެ. އެކުންފުނިން އެގޮތަށް ނިންމީ މަސް ފްރީޒްކުރުމަށް ވަގުތު ބޭނުންވާތީ ދިމާވާ ބައެއް ދަތިތައް ހައްލުކުރުމަށެވެ.

އެހެންނަމަވެސް މިއަދުން ފެށިގެން މަސްވެރިން ބާނާ މަސް ކޮންޓްރޯލްކުރުމެއްނެތި ކިރުވުމުގެ މަސައްކަތް ކުރިއަށްގެންދެވޭނެމަށް މިފްކޯއިން ވަނީ ބުނެފައެވެ. މަސްކިރުވުން ލިމިޓްކޮށްފައިއޮތް މުއްދަތުގައި މިފްކޯގެ ކެޕޭސިޓީއާއި އެއްވަރަށް މެނޭޖްކޮށްގެން ކުރިޔަށް ގެންދިޔުމަށް ދޯންޏަކުން ކިރަމުންދިޔައީ 7 ޓަނުގެ މަހެވެ. މަސްކިރުވުން ލިމިޓްކުރި ނަމަވެސް މަސްގަންނަ މިންވަރު ދަށްނުވާކަމަށް އެކުންފުނިން މީގެކުރިން ހާމަކޮށްފައިވެއެވެ.

މިފްކޯއިން ބުނެފައިވަނީ، އެކުންފުނިން އަބަދުވެސް މަސައްކަތްކުރަމުންދަނީ މަސްވެރިންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަށްކަމަށެވެ. އަދި މަސްވެރިންގެ ކަންބޮޑުވުންތައް ބަލައިގަނެ، މިފްކޯއިން ދޭ ޚިދުމަތަކީ މަސްވެރިންނަށް ފަސޭހަ ޚިދުމަތަކަށް ހެދުމަށްކަމަށެވެ. މިފްކޯއިން ވަނީ މަސްވެރިންގެ ފަރާތުން އަބަދުވެސް އެކުންފުންޏަށް ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކެޔޮޅު
މަސްވެރިކަން ދަށްވާއިރަށް ކޮންމެ އަހަރަކުވެސް ބުނާނެ އާނ މިހާރު ކޮންޓްރޯލެއްނެތި މަސްގަންނަންފެށީއޭ...