އެއްވެސް ޤައުމަކާ ޖެހިގަނެގެން ޤައުމަށް ފައިސާހުރިކަމެއް ނުވާނެކަމަށް ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ވިދާޅުވެއްޖެއެވެ.
އިކްރާމް ވިދާޅުވީ، ހަރުދަނާ ސިޔާސީ ލީޑަރެއްނަމަ ބޭރު ޤައުމުތަކާ އެކު ހިފަހައްޓަންޖެހޭ ޑިޕްލޮމެޓިކް ގުޅުމުގެ މިންގަނޑުތަކެއް ހުންނާނެކަމަށެވެ. އެއްވެސް ޤައުމަކާ ޖެހިގަނެގަނުމަކީ ޤައުމަށް ފައިދާހުރި ކަމަކަށް ނުވާނެކަމަށްވެސް އިކްރާމް ވިދާޅުވިއެވެ.
Harudhanaa siyaasee leadereh nama beyru gaumuthakaa eku hifahattan jehey diplomatic gulhumuge mingadu thakeh hunnanvaane. Evves gaumakaa jehigathumakee qaumah faidhaa huri kamakah nuvaane.
— Ikram Hassan MP (@ikramhassan) April 29, 2022
އިކްރާމް މިހެން ވިދާޅުވީ ސީދާ ކޮން ސަބަބަކާއި ގުޅިގެންކަމެއް ވިދާޅެއް ނުވެއެވެ. ނަމަވެސް އިކްރާމް މިހެން ވިދާޅުވެފައިމިވަނީ، އަށްޓެރި އިންޑިއާމެދު އޮތް ގުޅުމަށް ހީނަރުކަން އައިސްފާނެފަދަ ގޮތަކަށް ނަފްރަތު އުފެދޭގޮތަށް އިދިކޮޅުން ޢަމަލުކުރަމުންދާކަމަށް ތުހުމަތުކޮށް، އެކަމުގެ ސަބަބުން ޤައުމީ ސަލާމަތަށް ނުރައްކާވާނެކަމަށް ބަލައި، ރައީސުލްޖުމްހޫރިއްޔާގެ ޚައްޞަ ޤަރާރަކުން އެއްކަން ހުއްތުވުމަށް އަންގަވާފައިވަނިކޮށެވެ. އިންޑިއާ ހަރަކާތުގައި އެންމެ އިސްކޮށް އުޅުއްވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.
މީގެ އިތުރުން ކުރީގެ ސަރުކާރުން ޗައިނާއެކު އޮތް ގުޅުމުން ނަގާފައިވާ ދަރަނީގެ ސަބަބުން ރާއްޖެއަށް އެކަމުގެ ނޭދެވޭ އަސަރުކުރާކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝިދުވެސް ޗައިނާއާއި ގުޅޭގޮތުން އިންޑިއާގެ މީޑިއާއަށް އިންޓަރވިއުވެސް ދެއްވާފައިވަނިކޮށެވެ.
ކޮމެންޓު ފޮނުވާ