ލެސްޓާ އާއި ރޯމާ ކުޅުނު ފުރަތަމަ ލެގު އެއްވަރު

ލެސްޓާ އާއި ރޯމާ ކުޅުނު ފުރަތަމަ ލެގު އެއްވަރު

Author
މުޙައްމަދު ޝަޒައިމް
29 އޭޕްރިލް 2022 11:12
0

ޔޫއެފާ ޔޫރޮޕާ ކޮންފަރެންސް ލީގްގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ލެސްޓާ ސިޓީ އާއި އިޓަލީގެ ރޯމާ ކުޅުނު މެޗު 1-1 އިން އެއްވަރު ވެއްޖެއެވެ.

ރޯމާ އިން ލެސްޓާ ދަނޑުގައި ރަނގަޅަށް ކުޅެ ފުރަތަމަ ލީޑުނެގިއެވެ. ރޯމާގެ ގޯލު ޖެހީ މެޗުގެ 15 ވަނަ މިނިޓްގައި ނިކޯލަ ޒަލޭސްކީ ދިން ބޯޅައަކުން ލޮރެންޒޯ ޕެލެގްރީނީ އެވެ. ޕެލެގްރީނީ ތިރިތިރިން ޖެހި ބޯޅަ ލެސްޓާގެ ކީޕަރު ކެސްޕާ ޝްމައިކަލް އަށް ނުހުއްޓުވުނެވެ.

ބްރެންޑަން ރޮޖާސްގެ ކޯޗުކަމުގައި މި ފަހަރު ކޮންފަރެންސް ލީގުގެ ނޮކައުޓް ބުރުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ލެސްޓާ އިން އެއްވަރުކުރީ މެޗުގެ 67 ވަނަ މިނިޓްގަ އެވެ. ލެސްޓާގެ ހާވީ ބާންސް ނެގި ހުރަހެއް އެ ޓީމުގެ އަޑެމޯލާ ލުކްމަން ޖެހިޔަނުދޭން ކުރި މަސައްކަތުގެ ތެރޭގައި ރޯމާގެ ޑިފެންޑަރު ޖިއަންލޫކާ މަންޗިނީ އަތުން ވަނީ ބައިކޮޅަށެވެ.

ލެސްޓާ ސިޓީ ސީޒަން ފެށިއިރު ކުޅުނީ ޔޫރޮޕާ ލީގުގަ އެވެ. ނަމަވެސް ގުރޫޕް ސްޓޭޖުގެ ތިންވަނައިގައި ނުންމުމުން އެ ޓީމަށް ޖެހުނީ ކޮންފަރެންސް ލީގު ކޮނައުޓް ބުރު ކުޅޭށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.