އދ.ގެ މައި މަރުކަޒުގައި، އާންމު މަޖިލީހުގެ ރައީސް ޝާހިދު މާދަމާ އިމާމުވެ ހުކުރު ނަމާދު ކުރުމަށް ހަމަޖެހިއްޖެއެވެ.
ފޮރިން މިނިސްޓްރީން ބުނެފައިވަނީ ނިއުޔޯކްގައި ހުންނަ އދގެ މައި މަރުކަޒުގައި މާދަމާ އިމާމުވެ ހުކުރު ނަމާދުކުރައްވާނީ އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ދިވެހި ރާއްޖޭގެ ފޮރިން މިނިސްޓަރ ޝާހިދު ކަމަށެވެ.
ކޮންމެ ހުކުރު ދުވަހަކު އދގެ މައި މަރުކަޒުގައި އިސްލާމީ ޤައުމުތަކުގެ މަންދޫބުންނާއި، އދގައި މަސައްކަތްކުރާ މުސްލިމް މުވައްޒަފުން ޖަމާޢަތުގައި ހުކުރު ނަމާދު ކުރެއެވެ. ނިއުޔޯކްގައި ހުކުރު ނަމާދުކުރާ ގަޑި ދިމާވާނީ ރާއްޖޭގެ ގަޑިން މާދަމާ ރޭ (ހުކުރު ދުވަހުގެ ރޭ) 10:00 އާއިއެވެ.
މިއީ އދގެ މައި މަރުކަޒުގައި އިމާމުވެ ދިވެއްސަކު ނަމާދު ކުރާ ފުރަތަމަ ފަހަރެވެ. ފޮރިން މިނިސްޓަރ ޝާހިދަކީ އދ.ގެ އާންމު މަޖިލީހުގެ ރައީސަށް އިންތިޚާބުވި ރާއްޖޭގެ ފުރަތަމަ ބޭފުޅާވެސް މެއެވެ.
ކޮމެންޓު ފޮނުވާ