ޖޭއެސްސީން އިންޑިއާގެ ހައިކޮމިޝަނަރާއި ބައްދަލުކޮށްފި

ޖޭއެސްސީން އިންޑިއާގެ ހައިކޮމިޝަނަރާއި ބައްދަލުކޮށްފި

Author
މުޙައްމަދު ޝަޒައިމް
25 އޭޕްރިލް 2022 07:09
0

ޖުޑިޝަލް ސާވިސް ކޮމިޝަނުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރާއި ބައްދަލުކޮށްފިއެވެ.

ޖޭއެސްސީން ވަނީ މިބައްދަލުވުމުން ބޭއްވިކަން ހާމަކޮށް، ފޮޓޯތަކާއިއެކު ޓުވީޓް ކޮށްފައެވެ. މިބައްދަލުވުމުގައި ޖޭއެސްސީގެ ރައީސް ހިސާން ހުސެއިންއާއި، އެހެން މެމްބަރުންވެސް ބައިވެރިވެފައިވެއެވެ. ޖޭއެސްސީން ބުނެފައިވަނީ އިންޑިއާ ސަފީރާއި ޖޭއެސްސީގެ މެދުގައި ބޭއްވުނު ބައްދަލުވުމުގައި މަޝްވަރާކުރެވުނީ ފަނޑިޔާރުން ތަމްރީނުކުރުމާއި އިތުރަށް ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާ ބެހޭ ގޮތުންނެވެ.

އިންޑިއާ ސަފީރާއި ޖޭއެސްސީން ބައްދަލުކޮށްފައިވާއިރު، ރާއްޖޭގައި ހިންގާ އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ވަނީ ކަމާއި ގުޅުންހުރި އިދާރާތަކަށް އަންގަވާފައެވެ.

އިންޑިއާ ސަފީރު ޖުޑިޝަލް ސާވިސް ކޮމިޝަނާއި ބައްދަލުކޮށްފައިވާއިރު، އިދިކޮޅު ފަރާތްތަކުން ގެންދަނީ ސަރުކާރުން ޖުޑީޝަރީގެ ތެރެއަށް އަތްބާނާކަމަށް ބުނެފައެވެ. އަދި ޖުޑިޝަލް ސާވިސް ކޮމިޝަންގެ ކޮމްޕޮޒިޝަން ބަދަލު ކުރުމަށް މިސަރުކާރުން ވެފައިވާ ވައުދުވެސް މިހާތަނަށް ފުއްދަވާފައި ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.