އަނިޔާގެ ސަބަބުން ޕޮގްބާއަށް ސީޒަން ނިމިއްޖެ

އަނިޔާގެ ސަބަބުން ޕޮގްބާއަށް ސީޒަން ނިމިއްޖެ

Author
މުޙައްމަދު ޝަޒައިމް
23 އޭޕްރިލް 2022 04:08
0

އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ ޕައުލް ޕޮގްބާއަށް ލިބިފައިވާ އަނިޔާގެ ސަބަބުން ސީޒަންގެ ބާކީ އޮތް ބައިގާ އޭނާ ފެނުން ދުރުކަމަށް އެޓީމްގެ ކޯޗް ރަލްފް ރަންގްނިކް ހާމަކޮށްފިއެވެ.

ޕޮގްބާއަށް އަނިޔާ ވެފައިވަނީ ޔުނައިޓެޑް އެންމެފަހުން ލިވަޕޫލާއި ކުޅެ ބަލިވި މެޗްގެ ކުރީކޮޅުއެވެ. އެމެޗްގެ ކުޅުން ފެށިތާ 10 މިނެޓް ވީ ތަނާ ޕޮގްބާވަނީ އަނިޔާވެގެން ބާލާފައެވެ. ރަންގްނިކް ހާމަކުރިގޮތުގައި ޕޮގްބާއަށް ލިބިފައިވާ އަނިޔާގެ ސަބަބުން މަދުވެގެން އޭނާ ހަތަރު ހަފްތާ ކުޅުމާއި ދުރުގައި ހުންނަން ޖެހޭ ކަމަށެވެ.

އަދި މިހާރު އޮތް ގޮތުން ޔުނައިޓެޑް މިސީޒަންގައި ކުޅޭ ފަހު މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 22 ވަނަ ދުވަހު ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށެވެ. އެހެން ކަމުން މިސީޒަންގައި އޭނާ ފެނުން ވަރަށް ދުރު ކަމަށް އޭނާ ހާމަކުރިއެވެ. އަދި މިސީޒަނާއި އެކު ޕޮގްބާގެ ކޮންޓޤރެކްޓް ހަމަވާނެތީ އޭނާގެ މުސްތަގްބަލް އޮތް ގޮތެއް އަދި ވަނީ ނޭނގުމެއްގެ ތެރޭގައެވެ.

ޕޮގްބާއަކީ ޔުނައިޓެޑްގެ އެކަޑަމީއިން ކުޅުމުގެ ތެރެއަށް އައި ކުޅުންތެރިއެކެވެ. އަދި 2012 ވަނަ އަހަރު ޔުވެންޓަސްއަށް ބަދަލު ވުމަށްފަހު 2016 ގައި ޔުނައިޓެޑަށް އެނބުރި އައީ 89 މިލިއަން ޕައުންޑްގެ އަގަކަށެވެ. ދެވަނަ ފަހަރަށް ޔުނައިޓެޑާއި ގުޅުމަށްފަހު ޕޮގްބާ ވަނ މީ މިހާތަނަށް 226 މެޗް ކުޅޭދީ 39 ލަނޑު ކާމިޔާބުކޮށްދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.