ބޮޑެތި ޢިމާރާތްތަކުގައި އިންޑިއާ އައުޓް ބެނާތަށް ދެމުމަކީ ޤާނޫނުލް އުޤޫބާތާއި ޚިލާފްކަމެއްކަމަށާއި، ފުލުހުން ވަގުތުން އެކަންކަން ހުއްޓުވަން ޖެހޭކަމަށް ވިދާޅުވެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު އިންޒާރު ދިންތާ ގަޑި އިރުތަކެއް ފަހުން މާލޭގެ އެކި ގޭގޭގައި ދަމާފައިވާ "އިންޑިއާ އައުޓް" ބެނާތައް ނެގުމަށް ފުލުހުން އަންގައިފިއެވެ.
މާލެ، ތިން ގެއެއްގެ ބޭރުގައި "އިންޑިއާ އައުޓް" ޖަހާފައި ދަމާފައިވާ ބެނާތައް ނަގަން އެންގައި ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "އިންޑިއާ އައުޓް" ޖަހައި މިގޮތަށް ބެނާ ދަމާފައި ހުރުމަކީ, ވަކި ގައުމަކަށް ނިސްބަތްކޮށް ހިންގޭ، އެ ގައުމުގެ ގަދަރާއި ކަރާމާތަށް އުނިކަން ލިބޭފަދަ އަމަލެއްގެ ގޮތުގައި ސިފަވުމާއި، ބައިނަލްއަގުވާމީ ގުޅުންތަކާއި އަވަށްޓެރި ގައުމުތަކާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ހާރިޖީ އަދި ސަގާފީ ގުޅުންތަކަށް އޭގެ ސަބަބުން ނުރަންގަޅު އަސަރުކޮށް އެ ގައުމުތަކުގައި ދިރިއުޅޭ އަދި ޒިޔާރަތްކުރާ ދިވެހީންގެ މަސްލަހަތަށްވެސް ގެއްލުން ވެދާނެކަމެއް ކަމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ދެކޭކަމަށެވެ،
އޭގެ އިތުރުން، މިފަދަ އަމަލުތަކަކީ އޭގެ ވަށައިގެން ހިނގާ ކަންކަމުގެ ސަބަބުން ދިވެހި ރާއްޖެއާއި ދިވެހި ރައްޔިތުންގެ މަސްލަހަތަށް ސީދާ ގޮތުންނާއި ނުސީދާގޮތުން ގެއްލުން ވެދާނެ ފިތުނަވެރި އަމަލަކަށްވާތީ، އެއީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 615 ވަނަ މާއްދާގެ (ހ) ގެ 6 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޖާއިޒު މަގުސަދެއް ހާސިލުނުވާނެ އަމަލަކުން ނުރައްކާތެރި، ނުވަތަ މާއްދީގޮތުން ހުތުރު، ނުވަތަ މީހުން ބިރުގަންނާނެފަދަ ހާލަތެއް އުފެދިދާނެ އަމަލެއް ކަމުގައި ބެލެވޭ ކަމަށެވެ.
އެހެން ކަމުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނުގެ ދަށުން އާންމު މަސްލަހަތު ރައްކާތި ކުރުމާއި، އާންމު މަސްލަހަތު ގާއިމްކުރެވިގެންވާ ރައްކާތެރިކަން ދެމިއޮތް މުޖުތަމައެއްގެ އިހުސާސް ރައްޔިތުންނަށް ދިނުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި، ދާހިލީ ނުރައްކާތަކުން ރައްކާތެރިވެ އޮތް މާހައުލެއް ގާއިމްކޮށް، މުޖުތަމައުގެ ރައްކާތެރިކަމަށް ބުރޫއަރާފާނެ ކަންކަން ދުރާލާ ދެނެގަނެ އެކަންކަން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅު އެޅުމުގެ ބާރާއި މަސްއޫލިއްޔަތު ހަވާލުވެގެންވާ މުއައްސަސާގެ ހައިސިއްޔަތުން "އިންޑިއާ އައުޓް" ޖަހާފައިވާ ބެނާތައް ނެގުމަށް ލިޔުމުން ވާނީ އަންގާފައިކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އިންޑިއާ އައުޓު ހަރަކާތަކީ، ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމްވެ ތިބުމާއި ދެކޮޅަށް ޕީޕީއެމްއިން އިސްނަގައިގެން ކުރިޔަށް ގެންދާ ހަރަކާތެކެވެ. އަދި މި ހަރަކާތުގެ އެންމެ އިސް ބޭފުޅެއްގައި ގޮތުގައި ރައީސް ޔާމިން ހަރަކާތްތެރި ވެވަޑައިގަންނަވަމުން ގެންދަވާއިރު، އެމަނިކްފާނު ޖަލުން މިނިވަންވުމަށްފަހު މިހަރަކާތައް އާދިރުމެއް އައިސްފައިވެއެވެ. އަދި އެއަށްފަހު، މިހަރަކާތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކޮށް، ފަހަކަށް އައިސް ޕީޕީއެމްއިން ވަނީ، މިހަރާކާތް ހިންގުމަށްޓަކާ ރާއްޖެތެރޭގެ ގިނަ ރަށްތަކަކަށް ދަތުރު ކޮށްފައެވެ.
މިދަތުރުތަކުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށާއި، ސަރުކާރުން ހިންގާ ނޭދެވޭ ކަންކަމުގެ މައުލޫމާތުވެސް ޕީޕީއެމްއިން ދަނީ ރަށްރަށުގެ ރައްޔިތުންނާއި ހިއްސާ ކުރުމުންނެވެ. އަދި އިންޑިއާ އައުޓު ޕެޓިޝަންގައި ސޮއިކުރުމުގެ މަސައްކަތްވެސް މި ދަތުރުތަކުގައި ޕީޕީއެމްއިން ކުރިޔަށް ގެންގޮސްފައި ވެއެވެ.
2 Responses
ރައްޔަތުން ކުރާކަންކަން ޤާނޫނާ ޚިލާފްކަމަށް ބުނެ ހުއްޓުވާން ނިކުންނަ ގޮތަށް ފުލުހުން ޖެހޭނެ ސަރުކާރުން ރައްޔަތުންނަށް ވަގަށް ކުރާ އެގްރީމެންޓުތަކުގެ މައްސަލަވެސް ބަލާން. ޝްރީ ބާސްމަތީ ރައީސް ވެސް އަދި ޑަބަލް ރައީސް ވެސް ހުންނަވަނީ ޤާނޫނުގެ އިމުގަތޯ ބެލުމަކީ ފުލުހުންގެ ޒިންމާއެއް.
ކޮންގާނޫނެއް ކޮން ގަވައިދަށްގަ ބާ އޮތީ އެއީ މަނާ ކަމެއް ކަން ގެރިމޯދީ މުސްލިމުންގެ ގެތައް ތަޅާ މުސްލިމުން އިންޑިއާއިން ނައްތާލުމުގެ މަސައްކަތް ކުރާއިރު އެއްޗެއް ބުނަން ނުރެރޭ ބައިގަނޑެއް.ޙަޔާތް މަދުކަން މަހިތަށް އަރާ މިބައިގަނޑު ގެ. އެހެންތާ ވާނީ މިބައިގަނޑަކީ އިސްލާމްދީނަކަށް ލޯތްބެެއް ހުރި ބައެއް ނޫންވިއްޔަ. ޟުންނާރު ކައިރީގަ ހުރިމީހާއަށްވެސް ވެރިކަން ލިބުނު ފަހުންނޯ މިސްކިތް ފެނުނީ.