ބޮޑެތި ޢިމާރާތްތަކުގައި އިންޑިއާ އައުޓް ބެނާތަށް ދެމުމަކީ ޤާނޫނުލް އުޤޫބާތާއި ޚިލާފްކަމެއްކަމަށާއި، ފުލުހުން ވަގުތުން އެކަންކަން ހުއްޓުވަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ މުސްލިމުންނަށް ކުރާ އަނިޔާއާއި ގުޅިގެން ދިވެހި ސަރުކާރުން އެކަމާ ދެކޮޅަށް އަޑުއުފުލުމަށް ގޮވާލާ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ހުށައެޅުއްވިކުއްލި މައްސަލައަށް ފުރުޞަތު ނުދިނުމަށް ނިންމަވާ ރައީސް ނަޝީދު ވިދާޅުވީ، މާލޭގެ ބޯޑެތި ޢިމާރަތްތަކުގައި އިންޑިއާއާއި ގުޅޭގޮތުން ބަދުބަސް ބުނެ ބެނާތައް ހަރުކުރުމަކީ ޤާނޫނުލް އުގޫބާތާއި ޚިލާފްކަމެއްކަމަށެވެ. ނަޝީދު ވިދާޅުވީ، އެއީ އާންމު މަސްލަހަތާއިވެސް ހިލާފު ކަމެއްކަމަށާއި، އެމަނިކުފާނު ދެކެވަޑައިގަންނަވާގޮތުގައި ވަގުތުން ވަގުތަށް ފުލުހުން އެ ނަގަން ޖެހޭނެކަމަށެވެ.
ރައީސް ނަޝީދު މިހެން ވިދާލުވެފައިމިވަނީ ރައީސް ޔާމީންގެ އަމިއްލަފުޅު ގެކޮޅުގައި އިންޑިއާ އައުޓް ލިޔެފައިވާ ބޮޑު ބެނާއެއް ދެމުމާއި ގުޅިގެންނެވެ. ރައީސް ޔާމިން ދިރިއުޅުއްވަމުން ގެންދަވާ ގެކޮޅުގެ އެންމެ މަތިން ތިރިއަށް ވާގޮތަށް ދަމާފައިވާ ބޮޑު ބެނަރ ދަމާފައިވަނީ އިއްޔެ އަސުރު ނަމާދަށްފަހުއެވެ. އަދި ހަވީރުގެ ވަގުތު މިބެނަރ ނެގި ގަޑީގައި މި ސަރަހަދުގައި ގިނަ އަދަދެއްގެ ބަޔަކު އެ ސަރަހައްދަށް އެއްވެފައި ވެއެވެ. އަދި ބެނަރ ދަމާފައިވަނީ، ރޯދަމަހުގެ ހަވީރު މާލޭގެ ވަށައިގެން އޮންނަ ބޮޑު ތަކުރުފާނު މަގަށް، އާންމު އުސޫލުން، މީހުން "ފިނިބުރު ޖަހަން" ނިކުންނަ ވަގުތުގައިކަން ފާހަގަ ކޮށްލެވެއެވެ.
އިންޑިއާ އައުޓު ހަރަކާތަކީ، ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމްވެ ތިބުމާއި ދެކޮޅަށް ޕީޕީއެމްއިން އިސްނަގައިގެން ކުރިޔަށް ގެންދާ ހަރަކާތެކެވެ. އަދި މި ހަރަކާތުގެ އެންމެ އިސް ބޭފުޅެއްގައި ގޮތުގައި ރައީސް ޔާމިން ހަރަކާތްތެރި ވެވަޑައިގަންނަވަމުން ގެންދަވާއިރު، އެމަނިކްފާނު ޖަލުން މިނިވަންވުމަށްފަހު މިހަރަކާތައް އާދިރުމެއް އައިސްފައިވެއެވެ. އަދި އެއަށްފަހު، މިހަރަކާތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކޮށް، ފަހަކަށް އައިސް ޕީޕީއެމްއިން ވަނީ، މިހަރާކާތް ހިންގުމަށްޓަކާ ރާއްޖެތެރޭގެ ގިނަ ރަށްތަކަކަށް ދަތުރު ކޮށްފައެވެ.
މިދަތުރުތަކުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށާއި، ސަރުކާރުން ހިންގާ ނޭދެވޭ ކަންކަމުގެ މައުލޫމާތުވެސް ޕީޕީއެމްއިން ދަނީ ރަށްރަށުގެ ރައްޔިތުންނާއި ހިއްސާ ކުރުމުންނެވެ. އަދި އިންޑިއާ އައުޓު ޕެޓިޝަންގައި ސޮއިކުރުމުގެ މަސައްކަތްވެސް މި ދަތުރުތަކުގައި ޕީޕީއެމްއިން ކުރިޔަށް ގެންގޮސްފައި ވެއެވެ.
ކޮމެންޓު ފޮނުވާ