އއ.މާޅޮހުގައި ސަރުކާރުން ތަރައްޤީކުރާ ބަންދަރުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލަ އެރަށަށް ގެންގޮސްފިއެވެ.
އެރަށު ބަނދަރުގެ މަސައްކަތް ކުރާ އެމްޓީސީސީން ބުނީ، މާޅޮސް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ތިންވަނަ ޝިޕްމަންޓް އިއްޔެ އެރަށަށް ގެންގޮސްފައިވާކަމަށެވެ.
އއ. މާޅޮސް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ތިންވަނަ ޝިޕްމަންޓް 16 އޭޕްރީލް 2022 ވަނަ ދުވަހު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި.#MTCCProjects #RayyithungeKunfuni pic.twitter.com/L0X3ZyBSf8
— MTCC Plc (@MTCCPlc) April 17, 2022
މިހާރު އެރަށުގައި ބޭނުން ކުރަމުން އަންނަ ބަނދަރަކީ ރައީސް މައުމޫނުގެ ވެރިކަމުގައި ހަދާފައިވާ 300 ފޫޓުގެ ބަނދަރެކެވެ. އެރަށަކީ ގާމަތީ ރަށަކަށްވުމާއެކު، މިހާރު މިބަނދަރު އޮތްގޮތުން ކަނޑުގަދަ ދުވަސްވަރު ބަނދަރަށް ވަދެނުކުމެ ހެދުމުގައި ދަތިތަކާ ކުރިމަތިލާންޖެހޭކަމަށް މާޅޮހު ކައުންސިލްގެ ރައީސް އިސްމާޢީލް ނަސީރު ވިދާޅުވިއެވެ.
މާޅޮހުގައި މިހާރު އަލުން ހަދާ ބަނދަރަކީ ދިގުމިނުގައި 1000 ފޫޓު ހުންނަ ބަނދަރެކެވެ. މިމަޝްރުޢާއެކު ރައްޔިތުނަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިތަކަށް ހައްލު ލިބިގެން ދާނެކަމަށް މާޅޮހު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. މާޅޮހުގެ ބަނދަރުގެ މަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީން ބުނީ ބަނދަރު ފުންކުރުމުގެ މަސައްކަތް މިހާރު މުޅިން ނިމިފައިވާކަމަށެވެ.
މި މަޝްރުޢުގެ ދަށުން، 24،335 އަކަމީޓަރުގެ ބަނދަރު ފުންކުރުމާއި، 394 މީޓަރުގެ އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ ބޭރުތޮށި ލުމުމުގެ މަސައްކަތް ކުރާނެއެވެ. އަދި، 100 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 56 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، 1970 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތްވެސް ކުރާނެއެވެ. މީގެ އިތުރުން ރޭމްޕެއް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަަަސައްކަތްވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ. މިއީ 56.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކޮމެންޓު ފޮނުވާ