ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް 2 މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބު ކުރިއަށް އެބަދެއެވެ.
އިލެކްޗަންސް ކޮމިޝަނުން ބުނީ މި އިންތިޚާބުގައި ވޯޓުލުން ހެނދުނު 08:00ގައި ފެށިގެން ކުރިއަށްދާކަމަށެވެ. ވޯޓުލުން ކުރިއަށްދާނީ މެންދުރުފަހު 15:00އާއި ހަމައަށެވެ.
ހދ. ނޭކުރެންދޫ އ.ތ.މ ކޮމިޓީއަށް 02 މެންބަރަކު އިންތިޚާބު ކުރުމަށް މިއަދު ބާއްވާ ބައި-އިލެކްޝަނުގެ ވޯޓުލުން ހެނދުނު 08:00 ން މެންދުރުފަހު 15:00 ށް ކުރިއައްދާނެ. pic.twitter.com/38YbX14gGR
— Elections Commission (@ElectionsMv) April 16, 2022
އިލެކްޝަންސް ކޮމިޝަނުން އަންނަނީ ގިނަ ރަށްތަކެއްގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ބާއްވަމުންނެވެ. އެއީ ކުރިން އިންތިޚާބުވެފައި ތިއްބެވި ބައެއް މެންބަރުން އިސްތިއުފާ ދެއްވަމުން ގެންދާތީއެވެ.
މިހާ ގިނަ އިންތިޚާބުތަކެއް ބޭއްވުމަކީ ޚަރަދު ބޮޑު ކަމަކަށްވާތީ ޤާނޫނީގޮތުން އެކަމަށް ހައްލެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ. ދެން އެންމެ އަވަހަށް އޮންނާނީ މާލެ ސިޓީގެ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ހޮވުމުގެ އިންތިޚާބެވެ. އެ އިންތިޚާބު އޮންނާނީ އަންނަ މަހުގެ 16ގައެވެ.
ކޮމެންޓު ފޮނުވާ