ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް ޢަބްދުﷲގެ ގޮނޑި ގެއްލިފައިވާކަމަމަށް ކަނޑައަޅައިދިނުމަށް ހުށަހަޅާފައިވާ މައްސަލާގައި ހުކުމް އަންނަ ހޯމަ ދުވަހު އިއްވަން ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.
ދިވެހިރާއްޖޭގެ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެދިގެންދިޔަ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓް ކައުންސިލްގެ މެމްބަރަކަށް ޔަޢުޤޫބު އަައްޔަންކޮށް މަޤާމުގެ ހުވާކުރެއްވުމުން އޭނާގެ ގޮނޑި ގެއްލިފައިވާކަން ކަނޑައަޅައި ދިނުމަށް ވަނީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށައަޅާފައި ވަނީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުޙައްމަދު ހަލީލާއި ޕީޕީއެމްގެ ކައުންސިލް މެންބަރު އަސްޢަދު ޝަރީފެވެ. މިދެ ބޭފުޅުންވެސް މައްސަލަ ހޫށައަޅަފައިވަނީ ދެ މައްސަލައެއްގެ ގޮތުގައެވެ.
މިމައްސަލާގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅެންދެން މެންބަރު މަޖިލީހަށް ޙާޒިރުވެ ޒިންމާ އަދާކުރެއްވުން މަޑުޖައްސާލުމުގެ ވަގުތީ ޢަމުރެއް ނެރެދެވެން އުދުމުން އެކަން ކުރެވެން ނެތްކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފައެވެ. ޔައުގޫބް މައްސަލައިގެ އަޑު އެހެންތައް ނިންމައި ހުކުމް އަންނަ ހޯމަ ދުވަހު ކުރުމަށް ހަމަޖެހިފައިވާކަން ޔައުގޫބުގެ ލޯޔަރުން ވަނީ ބައެއް މީޑިޔާތަކަށް ކަށަވަރުކޮށްދެއްވާފައެވެ.
މެންބަރު ޔައުގޫބާއި ދެކޮޅަށް ހުށައަޅާފައިވާ މައްސަލާގައި ބުނެފައިވަނީ އޭނާ ޤާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ރ)އާއި ޚިލާފުވެފައިވާކަމަށެވެ. ޤާނޫނު އަސާސީގެ 73 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެ މަޤާމުގައި ހުރެ މެންބަރުކަން ފިޔަވާ ދައުލަތުގެ އެހެން އެއްވެސް ވަޒީފާއެއް އަދާކޮށްގެން ނުވާނެކަމަށެވެ.
ނަމަވެސް ދިވެހިރާއްޖޭގެ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެދިގެންދިޔަ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓް ކައުންސިލްގެ މެމްބަރަކަށް ޔަޢުޤޫބު އަައްޔަންކޮށް މަޤާމުގެ ހުވާކުރެއްވުމުން އޭނާގެ މެންބަރުކަން ގެއްލިފައިވާކަމަށް ބައެއް ފަރާތްތަކުން ގެންދަނީ ވިދާޅުވަމުންނެވެ. ދިވެހިރާއްޖޭގެ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއަކީ މިނިވަން މުސްތަގިއްލު ޝަހުޝެއް ކަމަށް އެޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން ޔަޤުޤޫބުގެ މެންބަރުކަން ގެއްލިފައިވާކަމަށް ޤާނޫނީ ދާއިރާގެ ވަރަށް ގިނަ ވަކީލުން ގެންދަވަނީ ވިދާޅުވަމުންނެވެ.
ކޮމެންޓު ފޮނުވާ