ޒުވާން ޚަޠީބުންގެ ޕްރޮގްރާމުގެ ހަތަރުވަނަ ބުރުން 82 ކުދިން ދަސްވެނިވެއްޖެ

ޒުވާން ޚަޠީބުންގެ ޕްރޮގްރާމުގެ ހަތަރުވަނަ ބުރުން 82 ކުދިން ދަސްވެނިވެއްޖެ

Author
އަހުމަދު
27 ޖޫން 2026 10:00
0

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ "ޒުވާން ޚަޠީބުން" ތަމްރީނުކުރުމުގެ މަޝްރޫޢުގެ ހަތަރުވަނަ ބުރު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ބުރުގައި މުޅި ރާއްޖެއިން 82 ބައިވެރިން ވަނީ ތަމްރީނު ފުރިހަމަކޮށް ސަނަދު ހާސިލުކޮށްފައެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ހިންގާ މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ރަށްރަށުގައި ހުކުރު ކުރާނެ އިމާމުން ލިބުމުގެ ދަތިކަމަށް ދާއިމީ ޙައްލެއް ގެނެސްދިނުމާއި ދީނީ ކަންކަމަށް ލޯބިކުރާ ޖީލެއް ބިނާކުރުމެވެ. އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދޭގޮތުގައި މިހާތަނަށް މި މަޝްރޫޢުގެ ދަށުން 600 އަށްވުރެ ގިނަ ކުދިން ވަނީ ތަމްރީނުކޮށްފައެވެ. އަދި ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި 1000 ޚަޠީބުންނާއި 500 ޙާފިޡުން އުފެއްދުމެވެ.

މިހާރުވެސް ރާއްޖޭގައި 310 ޙާފިޡުން ތިބިއިރު، ޤުރްއާން ހިތުދަސްކުރާ ކްލާސްތަކުގައި ދެހާހަށްވުރެ ގިނަ ދަރިވަރުން އަންނަނީ ތަޢުލީމު ހާސިލުކުރަމުންނެވެ. މީގެ އިތުރުން، ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބަތުގައި ޚަޠީބުންނާއި ޙާފިޡުންނަށް އަމާޒުކޮށްގެން ޚާއްޞަ މަހާސިންތާއެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ބޮޑު ޙަފުލާގެ ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް މައްކާގެ މަސްޖިދުލް ޙަރާމްގެ އިމާމް ޑރ. ޔާސިރު އައްދައުސަރީއަށް މިހާރު ވަނީ ދަޢުވަތު އަރުވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.