އދ. ހަންޏާމީދޫގައި ބަގީއަކާއެކު މޫދަށް ވެއްޓުނު 13 އަހަރުގެ ކުޑަކުއްޖަކު ނިޔާވެއްޖެއެވެ.
މިއަދު ހަވީރު ހިނގި މި ހިތާމަވެރި ހާދިސާގައި ނިޔާވެފައިވަނީ އެރަށު ޑެއިޒީވިލާ، ޢަލީ އަނަސް ބިން މުޙައްމަދު އަރީޝްއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ، ތަޅުދަނޑި ޖަހާފައި އޮތް ބަގީއަކަށް އެ ކުއްޖާ އަރައި ސްޓާޓްކޮށް ދުއްވާލުމުގެ ތެރޭގައެވެ.
ބަގީއާއެކު ކުއްޖާ މޫދަށް ވެއްޓުނު ވަގުތު، އެ ސަރަހައްދުގައި އޮތް ދޯންޏެއްގައި ޖެހުމުގެ ސަބަބުން ކުއްޖާއަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. އެ ކުއްޖާ ނިޔާވީ ހާދިސާ ހިނގުމާއެކު ހަންޏާމީދޫ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.
ކުއްޖާ ނިޔާވި ފަހުން، ފުލުހުންގެ ތަހުގީގަށް ބޭނުންވާ ބައެއް ޓެސްޓްތައް ހެދުމަށްޓަކައި ހަށިގަނޑު މަހިބަދޫ ހޮސްޕިޓަލަށްވެސް ގެންދިޔައެވެ. މި ހާދިސާގައި ނިޔާވި ޢަލީ އަނަސްގެ ޖަނާޒާ ރޭ ދަންވަރު 12 ޖެހިއިރު ވަނީ ބާއްވާފައެވެ.
ކޮމެންޓު ފޮނުވާ