"ސްޓްރޭންޖާ ތިންގްސް 4″ގެ ޓްރެއިލާ ދައްކާލައިފި

"ސްޓްރޭންޖާ ތިންގްސް 4″ގެ ޓްރެއިލާ ދައްކާލައިފި

ބެލުންތެރިންގެ މެދުގައި މަގުބޫލު ނެޓްފްލިކްސް އިން ގެނެސްދޭ އެންމެ ވަރުގަދަ ސީރީޒް "ސްޓްރޭންޖާ ތިންގްސް"ގެ ހަތަރުވަނަ ސީޒަންގެ ޓްރެއިލާ ދައްކާލައިފިއެވެ.

ދެ ވޮލިއުމް އަކަށް ބަހައިލައިގެން ގެނެސް ދޭން ނިންމައިފައިވާ މި ސީޒަން ފުރަތަމަ ވޮލިއުމް އަންނަ މަހުގެ 27 ގައި ގެެނެސްދޭއިރު، ދެވަނަ ވޮލިއުމް ގެނެސްދޭނީ ޖުލައި 1 ގައެވެ.

އެހެން ސީޒަންތަކޭ އެއްގޮތަށް އާ ސީޒަންގައި ވެސް އާދަޔާ ހިލާފު ކަންތައްތަކެއް ފެންނާނެކަން ޓްރެއިލާ އިން އެނގިގެން ދެއެވެ.

"ސްޓްރޭންޖާ ތިންގްސް" އަކީ ނެޓްފްލިކްސް އިން 2016 ގައި ގެނެސްދޭން ފެށި ސީރީޒެކެވެ. ތިންވަނަ ސީޒަނަށް ފަހު އެ ސީރީޒް ބްރޭކަށް ދިޔައީ 2019 ވަނަ އަހަރުއެވެ.

މިހާތަނަށް މި ސީރީޒްގެ ޖުމްލަ 25 އެޕިސޯޑް ގެނެސްދީފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *