ރޯދަ އާއި ސުވާލު: ރޯދަ އަށް ތިބެގެން ދެޖިންސުގެ މީހުން މެސެޖް ބަދަލު ކުރުމަކީ ކޮންކަހަލަ ކަމެއްތޯ؟

ރޯދަ އާއި ސުވާލު: ރޯދަ އަށް ތިބެގެން ދެޖިންސުގެ މީހުން މެސެޖް ބަދަލު ކުރުމަކީ ކޮންކަހަލަ ކަމެއްތޯ؟

Author
ޑރ. މުޙައްމަދު ޢިޔާޒް ޢަބްދުއްލަތީފް
13 އޭޕްރިލް 2022 08:02
0

ރޯދަ އަށް ހުރެ އަޅުގަނޑު ރަށްޓެހިވެގެން އުޅޭ އަންހެން ކުއްޖަކާ ވެބްކެމް މެދުވެރިކޮށް ބައްދަލުކޮށް މެސެޖް ފޮނުވާ ހެދުމަކީ ކޮންކަހަލަ ކަމެއްތޯ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد

ރޯދަވެރިޔާގެ މައްޗަށް ވާޖިބު ވެގެންވަނީ ﷲ އަށް ބިރުވެތިވެ ތަގްވާވެރިވުމެވެ. އަދި އެކަލާނގެ އަމުރު ކުރެއްވި ކަންތައް ކޮށް ނަހީ ކުރެއްވި ކަންތަކުން ދުރުހެލިވުމެވެ.

ރޯދައިގެ މަގްޞަދަކީ ހަމައެކަނި ކެއުން ބުއިމުން ދުރުހެލިވުމެއް ނޫނެވެ. އޭގެ ބަދަލުގައި ﷲ އަށް ތަގްވާވެރިވެ، މީހާގެ ނަފްސު ތަހްޛީބުކޮށް، ނުބައި ޢަމަލުތަކުން ދުރުހެލިވެ، އަދި އަޚްލާގީ ގޮތުން ދަށުދަރަޖައިގެ ޢަމަލުތަކުން ދުރުހެލިވުމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (ليس الصيام من الأكل والشرب ، إنما الصيام من اللغو والرفث) رواه الحاكم، މާނައަކީ: "ރޯދަ ހިފުމަކީ ހަމައެކަނި ކެއުން ބުއިމުން ދުރުހެލިވުމެއް ނޫނެވެ. އެހެންނަމަވެސް ރޯދަ ހިފުމަކީ އެންމެހައި ނުބައިކަންތަކާއި ފާފަތަކުންވެސް ދުރުހެލިވެގެން ހުރުމެވެ." والله أعلم

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.