މާދަމައިން ފެށިގެން އާންމު އުސޫލުން ފެން ވިއްކަންފަށާނެ: އެމްޑަބްލިއުއެސްސީ

މާދަމައިން ފެށިގެން އާންމު އުސޫލުން ފެން ވިއްކަންފަށާނެ: އެމްޑަބްލިއުއެސްސީ

Author
މުޙައްމަދު ޝަޒައިމް
10 އޭޕްރިލް 2022 03:56
0

ފުޅީގައި ބަންދުކުރި ފެނުގެ ޑިމާންޑް ބޮޑުވުމާ ގުޅިގެން ފެން ވިއްކާ ކުންފުނިތަކުން ފެން ވިއްކުން ލިމިޓްކޮށްފިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ އެ ކުންފުނިން އުފައްދާ ތާޒާ ފެނުގެ ފަސް ލިޓަރު ފުޅިން މިހާރު މާލޭގެ ފިހާރަތަކަށް މިއަދު ވިއްކަނީ ފަސް ކޭސް ކަމަށެވެ.

އެމްޑަބްލިއުއެސްސީން ބުނީ މިގޮތަށް ފެން ލިމިޓްކުރަން ޖެހުނީ ހޫނު މޫސުމާ ގުޅިގެން ރަށްރަށަށް ފެން ފޮނުވާ އަދަދު ވަރަށް ބޮޑަށް އިިތުރުވުމުން ކަމަށެވެ. ނަމަވެސް މިއަދު ފެން ލިމިޓްކޮށްގެން ވިއްކިޔަސް މާދަމާ އަނެއްކާ ވެސް ފެން ލިމިޓް ނުކޮށް ވިއްކަން ފެށޭނެ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

މާދަމާގެ ވަގުތެއްގައި ލިމިޓް އުވާލައި އާންމު ހާލަތުގައި ފެން ވިއްކާ އުސޫލުން ވިއްކަން ފެށޭނެ ކަމަށްވެސް އެމްޑަބްލިއުއެސްސީން މައުލޫމާތުދެއެވެ. މިދުވަސްވަރު ހޫނު ގަދަ ކަމުން ފުޅީގައި ބަންދުކޮށްގެން ވިއްކާ ފެނުގެ ޑިމާންޑް ބޮޑު ކަމަށް ފެން ވިއްކާ އެހެން ކުންފުނިތަކުން ވެސް ބުނެ އެެވެ.

ކޮންމެ އަހަރަކު ވެސް މި ދުވަސްވަރު ބައެއް ރަށްރަށުން ފެން ހުސްވެ ފެނަށް ވެސް ޖެހެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.