ހުޅުމާލޭ ގުުދަނެއްގައި މުދާ އުފުލުމަށް ބޭނުން ކުރާ ލިފްޓެއް ވެއްޓި ދެ މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، މިހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު ހަވީރު 17:00ގައި ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި ހާދިސާގައި އަނިޔާވީ ދެ ބިދޭސީންނަށް ކަމަށެވެ. އަނިޔާވި ދެ މީހުންނަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ. އެހެންނަމަވެސް އެމީހުންނަށް ލިބިފައިވަނީ ކޮންކޮން އަނިޔާއެއް ކަމެއް އަދި އެމީހުންގެ މިހާރުގެ ހާލަތާއި ގުޅޭގޮތުން ފުލުހުން ވަކިއެއްޗެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ފުލުހުން މައުލޫމާތުދެއެވެ.